ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަންގެ މަޤާމުން ވަކިކުރި އަހްމަދު ޝަހީރު މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑް (އެމްޓީޑީސީ)ގެ ޗެއާމަންގެ މަގާމަށާއި ޑިރެކްޓަރުންގެ ބޯޑު މެންބަރު ކަމުގެ މަގާމަށް އައްޔަނު ކޮށްފި އެވެ.
ޝަހީރު އެޗްޑީސީގެ ޗެއާމަންގެ މަގާމުން ވަކިކުރެއްވީ މި މަހުގެ 6 ވަނަ ދުވަހު އެވެ.
އެޗްޑީސީ ގެ ޗެއާމަންގެ ޝަހީރު އައްޔަންކުރީ މިދިޔަ 2025 ވަނަ އަހަރުގެ މެއި 29 ގަ އެވެ.
އޭނަ އަކީ އެސްޓީއޯގައި 29 އަހަރު ހިދުމަތް ކުރައްވައި، 2015-2018 އަށް މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނަ ކުރިން ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންގެ މަގާމު ވެސް ފުރުއްވި އެވެ.




