މޫސުން ގޯސްވުމުގެ ސަބަބުން އޮޔާދިޔަ 2 ބޯޓުގެ މީހުން ސަލާމަތްކޮށްފައިވާކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.
ސިފައިން ބުނީ މޫސުމް ގޯސްވުމުގެ ސަބަބުން މިރޭ ހިނގި ހާދިސާގައި ކަސްޓަމްސްގެ ބެލުމުގެ ދށުގައި އޮތް 2 ބޯޓެއް އޮޔާދިޔަ ކަމަށާއި އަދި ބޯޓުގައި ތިބި މީހުން ސަލާމަތް ކޮށްފައިވާ ކަމަށެވެ.
އަދި އޮޔާ ދިޔަ 2 ބޯޓުގެ މީހުން ކަސްޓަމްސް އާއި ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.




