ބޯކޮށް ވާރޭވެހި ވައިގަދަވާނެކަމަށް ލަފާކޮށް ކ އަތޮޅުން ވެށިގެން ތ އަތޮޅަށް ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައިވަނީ މިއަދުގެ ފަތިހު 5:00 އިން ފެށިގެން ހެނދުނު 10:00 އަށް ކ އަތޮޅުން ފެށިގެން ތ އަތޮޅަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ވައިގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
Heavy rain with strong winds and rough seas expected. pic.twitter.com/Q9SUvuoRC6
— Maldives Meteorology (@MetMaldives) September 11, 2026
އަދި އެވަގިތުތަކުގައި 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނ\ުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށްވެސް މޫސުމާބެހޭ ގައުމީ އިދާރާއިން ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައި ވެއެވެ.




