މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ޔޫއޭއީގެ ނެޝަނަލް މެރިން ޑްރެޖިންގ ކޮމްޕެނީ އާި ދެމެދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.
އެމްޓީސީސީން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ނެޝެނަލް މެރިން ޑްރެޖިންގ ކޮމްފެނީ (އެންއެމްޑީސީ) އާއިއެކު އަބޫދާބީގަ ހުންނަ އެމްއެމްސީގެ ހެޑް އޮފީހުގައި ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.
މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ޔޫއޭއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތޯރިގް އިބްރާހިމް އާއި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަޙްމަދު ސައުދީއާއި، އެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިކަމަށް އެ ކުންފުނިން ބުނެއެވެ.
އަދި އެމްއެމްސީގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ އެ ކުންފުނީގެ ސީއީއޯ ނީލްސް ޑި ބްރާއެން އާއި އެކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި ކަމަށްވެސް އެމްޓީސީސީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
މި ބައްދަލުވުމުގައި، އެމްޓީސީސީއާއި އެންއެމްޑީސީއާއި ދެމެދު ގުޅުން ބަދަހި ކުރެވިދާނޭ ތަފާތު ދާއިރާތަކާއި ގުޅޭގޮތުންނާއި،
ބަދަހިކުރެވިދާނޭ ގޮތްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ.
އެމްޓީސީސީއާއި ޔޫއޭއީގެ ނޭޝަނަލް މެރިން ޑްރެޖިންގ ގްރޫޕާއި ދެމެދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި
ޕްރެސް ރިލީޒް: https://t.co/ZXVNd4Gqen pic.twitter.com/yA2DswjcZA
— MTCC Plc (@MTCCPlc) September 24, 2026
އެގޮތުން މިގޮތުން، ދެ ކުންފުނީގެ މެދުގައި ސްޓްރެޓީޖިކް ގުޅުން ބަދަހިކުރުމާއި، 2 ކުންފުނި ގުޅިގެން ރާއްޖޭގައި މަޝްރޫއުތައް ހިންގުމާއި، އެމްޓީސީސީގެ މަޝްރޫޢުތަކަށް އެންއެމްޑީސީން އިންވެސްޓް ކުރުމާއި، ހިންގުމާއި، އަދި މުވައްޒިފުންނަށް ތަމްރީނު ހޯދުމަށް ޓްރޭނިންގ އަދި އެހެނިހެން ސަޕޯރޓް އާލާތްތައް ފޯރުކޮށްދިނުމާއި، އެކްސްޗޭންޖް ޕްރޮގްރާމްތައް ހިންގުމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ.




