ދިވެހިން އާންމުކޮށް ގޮސްއުޅޭ ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ފެންބޮޑުވެ އާންމު ދަތުރުފަތުރު ހުއްޓުމަކަށް އައިސްފި އެވެ.
މިދިޔަ ބްރާސްފަތި ދުވަހުންފެށިގެން ބެކޮކަށް މެދުނުކެނޑި ވެހުނު ވާރޭގައި ބެންކޮކްގެ އެކި ސަރަހައްދުތަކުގައި އެވްރެޖްކޮށް 300 މިލި ލީޓަރަށް ފެންބޮޑުވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.
ފެން ބޮޑުވުމުގެ ސަބަބުން ބެންކޮކްގެ 50 ޑިސްޓްރިކްޓެއްގައި ފެންބޮޑުވެފައިވާއިރު އެކަމުގެ ސަބަބުން އެ ޑިސްޓްރިކްޓްތަކުގެ އާންމު ދިރިއުޅުމަށާއި ދަތުރުފަތުރަށް ވަނީ ހުރަސްއެޅިފައެވެ.
މީގެ އިތުރުން ގިނަ އަދަދެއްގެ ގޯތި ގެދޮރާއި ވިޔަފާރިކުރާ ތަންތަނަށް ފެންވަނުމުގެ ސަބަބުން ބޮޑތި ގެއްލުންތަކެއް ވެފައިވާކަމަށްވެސް ރިޕޯޓުތައް ބުނެއެވ.




