ކެފޭއެއްގެ ގޮތަށް މަސްތުވާތަކެތީގެ ހިދުމަތް ފޯރުކޮށްދޭ އެޕާޓްމެންޓެއް ބަލައިފާސްކޮށް، 6 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލާގައި ބަންދުކޮށްފައިވާ މީހުންގެ ބަންދު މުއްދަތު ޖަހާ މަޖިލީހުގައި ފުލުހުން ބުނީ އެ ތަނަކީ ކެފޭ އުސޫލުން މަސްތުވާތަކެތި ވިއްކައި ބޭނުންކުރުމުގެ އިންތިޒާމް ހަމަޖައްސާފައިވާ ތަނެއް ކަމަށާއި، އެ ތަނުން ފެނުނު މަސްތުވާތަކެއްޗާއި ފައިސާ ހުރީ ރަބަރު ޕެކެޓުތަކުގައި ބަންދުކޮށްފައި ކަމަށެވެ.
އަދި އެ މައްސަލާގައި ކޯޓުން ނެރެފައިވާ ބަންދު އަމުރުގައިވާ ގޮތުން ފުލުހުން ބަލައިފާސްކުރި އެޕާޓްމަންޓުން ގިނަ އަދަދެއްގެ މަސްތުވާތަކެތީގެ އިތުރުން ފައިސާއާއި މަސްތުވާތަކެތި ކިރުމަށް ބޭނުންކުރާ ކައްޓާ ފަދަ ތަކެތިވެސް ވަނީ ފެނިފައެވެ.




