Advertisement
BML Home 2nd Ad

ހދ އަތޮޅުގެ ފުރަތަމަ ރިސޯޓް ކުރިއަށް އޮތް 11 މަސްތެރޭ ހުޅުވާނެކަމަށް ޓޫރިޒަމް މިނިސްޓަރ ވިދާޅުވެއްޖެ

ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ހުއްޓިފައި އޮތް ހދ. ނާގޯށި، ރިސޯޓެއްގެ ގޮތުގައި ތަރައްޤީކޮށް ކުރިއަށްއޮތް 11 މަސްދުވަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

Advertisement
Etukuri Inside ad 300x300 Desktop

ވަޒީރު މިހެން ވިދާޅުވީ، ސަރުކާރުން ބާއްވަމުން އަންނަ 'އަހާ' ފޯރަމްގެ ތެރެއިން އާންމު ރައްޔިތަކު ނާގޯށި ހުޅުވޭނެ ތާރީޚަކާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ވަޒީރު އަމީން ވިދާޅުވީ ނާގޯށީގެ އަމަލީ މަސައްކަތް މިހާރު ނުހުއްޓި ބާރަށް ކުރިއަށްދާ ކަމަށާއި، މިހާރު އެ މަސައްކަތުގެ ބޮޑުބައި ވަނީ ނިމިފައި ކަމަށެވެ. އަދި ކުރިއަށްއޮތް އަހަރަކަށްވުރެ ކުޑަ މުއްދަތެއްގެ ތެރޭގައި އެތަން ހުޅުވުމަށް ތައްޔާރީ ހާލަތައްގެނެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ޕަސެންޓޭޖުން ދަންނަވާކަމަށްވަންޏާ މިހާރު %50 ވުރެ މައްޗަށް މުޅި މަސައްކަތް ނިމިފައި ހުރީ. ދެން މަސައްކަތް ކުރަމުން ގެންދިޔައީ މިއަހަރުގެ ނޮވެމްބަރ އަށް ނިންމަން ކަމަށްވިއަސް އަޅުގަނޑު ދެންނެވިހެން އިރާދަކުރެއްވިއްޔާ 11 ވަރަކަށް މަސްދުވަސް ތެރޭގައި އެތަން އޮޕަރޭޝަނަށް ގެނެވޭނެ،

ވަޒީރު އަމީން

ނާގޯށީގައި ރިސޯޓެއް ތަރައްޤީކުރުމަށް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އާ އެންމެ ފުރަތަމަ ހަވާލުކުރީ 2006 ވަނަ އަހަރުއެވެ. އެރަށުގައި ރިސޯޓު ތަރައްޤީކުރުމަށް ރަޝިޔާގެ ތްރީކް ކުންފުންޏަށް ސަބްލީޒް ކުރި ނަމަވެސް، އެ މަޝްރޫޢު ކުރިއަށް ނުގެންދެވި އޮތުމަށްފަހު 2017 ވަނަ އަހަރު ސަރުކާރުން ވަނީ އެރަށް އެމްޓީޑީސީގެ އަތުން ނަގާފައެވެ. އޭގެފަހުން 2021 ވަނަ އަހަރު އައު ލީޒެއްގެ ދަށުން އަލުން އެމްޓީޑީސީއަށް ރަށް ލިބުމުން، އެ އަހަރު ދުބާއީގެ ގަލަދާރީ ހޯލްޑިންގްސްއާ މަސައްކަތް ހަވާލުކުރިއެވެ.

ނަމަވެސް، 3 އަހަރު ވެގެންދިޔައިރުވެސް އެއްވެސް މަސައްކަތެއް ކުރިއަށް ނުދިއުމުގެ ސަބަބުން އެ އެއްބަސްވުން އުވާލަން ޖެހުނެވެ. އެއަށްފަހު، މި މަޝްރޫޢު އަލުން ފަށައި ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފެއްޓެވި މަސައްކަތުގެ ދަށުން، މާލީ ވުޒާރާއިން ވަނީ އެމްޓީޑީސީއާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ފައިނޭންސިން ހަމަޖައްސަވާދެއްވާފައެވެ. އެއާއެކު، ސަރުކާރުން ދިން ލުއިތަކާއެކު މިދިޔަ އަހަރުގެ އޯގަސްޓް މަހު ވަނީ މި މަޝްރޫޢުގެ އަމަލީ މަސައްކަތް އަލުން ފަށާފައެވެ.

އެމްޓީޑީސީން ހާމަކުރި ގޮތުގައި މި މަޝްރޫޢު ކުރިއަށް ގެންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން 183 ކޮޓަރީގެ މަސައްކަތް ނިންމައި ރިސޯޓު އޮޕަރޭޝަނަށް ގެނައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އޭގެތެރޭގައި ބީޗް ވިލާ، ޖަކޫޒީ ބީޗް ވިލާ އަދި ވޯޓާ ވިލާ ހިމެނޭހެން 4 ގިންތިއެއްގެ ކޮޓަރި ހިމެނެއެވެ.

މި މަޝްރޫޢު އެއްކޮށް ނިމި ރިސޯޓު ހުޅުވުމުން 600 އެއްހާ ވަޒީފާގެ ފުރުޞަތު އުފެދިގެންދާނެ ކަމަށް އެމްޓީޑީސީން ބުނެއެވެ. މީގެ ސަބަބުން ހދ. އަތޮޅުގެ އިޤްތިޞާދަށާއި ރައްޔިތުންނަށް އިޖުތިމާޢީ އަދި އިޤްތިޞާދީ ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ސަރުކާރުން ދެކެއެވެ.

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add