އަމީނީމަގު މަރާމާތުގެ 3 ވަނަ ސެގްމަންޓްގައި މި މަހުގެ 20 ގައި ތާރު އެޅުމުގެ މަސައްކަތް ފަށާނެ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
އެ ކުންފުނިން ބުނީ އަމީނީ މަގު މަރާމާތުކުރުމަށް އެ ކުންފުނިން ކުރަމުންއަންނަ މަސައްކަތުގެ ދަށުން މިހާރ7ު މަސައްކަތް ކުރަމުންއަންނަ ސެގްމަންޓް 3 ގެ އެމްސީ-30 ޕްރައިމް ކޯޓު އަޅާ ނިމިފައިވާ ކަމަށެވެ.
The MC-30 prime coat application for Segment 3 of Ameenee Magu has been successfully completed.
Asphalt paving work for this segment is scheduled to commence on 20th October 2026. Upon completion of the paving, road marking works will follow.
#MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC
— MTCC Plc (@MTCCPlc) October 19, 2026
އަދި އަމީނީ މަގުގެ ސެގްމަންޓް ތިނެއްގަ ތާރު އެޅުމުގެ މަސައްކަތް 20 އޮކްޓޯބަރު 2026 ގައި ފަށާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
ކުރީ ސަރުކާރުން ރާތުއަޅައިގެން ތަރައްގީކޮށްފައިވާ އަމީނީ މަގުހުޅަގުން ބޮޑުބައެއްގެ ތާރުގަނޑު ހަލާކުވެ އާންމު ދަތުރުފަތުރަށް އއެކަމުގެ އުނދަގުލާއި ތަކުލީފު ތަހަންމަލް ކުރަންޖެހުމާ ގުޅިގެން އެ މަގު މަރާމާތުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މި އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ. އެއަށްފަހުި އެ މަގު މަރާމާތުގެ މަސައްކަތް މި މަހުގެ 3 ވަނަ ދުވަހު އެ ކުންފުނިން ވަނީ ފަށާފައެވެ.
ކުރީ ސަރުކާރުން 84.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫއުގެ މަސައްކަތް މުޅިން ނިންމާލާފައިވަނީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގައެވެ.




