ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒު ޝަރީފުގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ޕަކިސްތާނަށް ވަޑައިގެންނެވުމުން އެގައުމުން ރަސްމީކޮށް ރައީސް ޑރ މުއިއްޒު އަށް މަރުހަބާ ދަންނަވައިފި އެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒު ޝަރީފުގެ ރަސްމީ ގެކޮޅުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް ޑރ މުއިއްޒު އަށް މަރުޙަބާ ދެންނެވުމަށްޓަކައި ގާޑް އޮފް އޮނަރއެއް ވަނީ އަރުވާފައެވެ.
އެއަށްފަހު ރައީސް ޑރ މުއިއްޒު ވަނީ ޕާކިސްތާނުގެ ބޮޑުވަޒީރުގެ ގެކޮޅުގެ ގޯތި ތެރޭގައި ގަހެއް އިންދަވާފައެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދައުވަތަކަށް، ރައީސުލްޖުމްހޫރިއްޔާ ޑރ މުޖހައްމ،ަދު މުއިއްޒު މި މަހުގެ 20 އިން 22 ގެ ނިޔަލަށް ޕާކިސްތާނަށް ކުރައްވާ މި ދަތުރުފުޅުގައި އެ ގައުމުގެ ރައީސް އާސިފް އަލީ ޒަރުދާރީ އާއި ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފްގެ އިތުރުން އެ ގައުމުގެ އިސްވެރީންނާއި ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެއެވެ.
އަދި އެ މަނިކުފާނުގެ މި ދަތުރުފުޅުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއެކު ރަސްމީ ވާހަކަފުޅުތައް ބާއްވުމާއި ވިޔަފާރި އާއި އިންވެސްޓްމެންޓް، ސިއްހަތު، ތައުލީމު، ކްލައިމެޓް ޗޭންޖް، ޓޫރިޒަމް، ސިވިލްއޭވިއޭޝަން، ދިފާއީ އަދި އަސްކަރީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށްޓަކައި 12 އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ރައިސް އޮފީހުން ބުނެއެވެ.




