މާލޭ އުތުރު ފަތރާތު ފަޅުގައި ހަދާ ފިންގަރ ޖެޓީ ތަކުގެ ކޮލަމްތައް ބަހައްޓައިފިކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޮޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
އެމްޓީސީސީ އިން ބުނީ އެ ކުންފުނިން މާލޭ އުތުރުފަރާތު ފަޅުގައި ހަދާ ފިންގރ ޖެޓީ ތަކުގެ ތެރެއިން 15 މީޓަރުގެ ޖެޓީތަކުގެ ކޮލަލް ތައް މިހާރު ބައްޓާފައިވާ ކަމަށާއި، ކޮލްމް ތައް ކޮންކްރީޓް ކުރުމުގެ މަސައްކަތް މިހަފްތާގެ ތެރޭގައި ނިންމާލެވޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.
Column installation for the 15-meter jetties is now complete for the Design and Build of Jetties in Malé North Harbour (Finger Jetty) Project.
Reinforcement works are progressing steadily, while concrete works are expected to commence this week.
#MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC
— MTCC Plc (@MTCCPlc) October 20, 2026
މާލޭ އިތުރުފަރާތުގައި ސަރުކާރުން ހަދާ ފިންގަރ ޖެޓީތަކަކީ އެ ބަނދަރު ބޭނުންކުރާ ލޯންޗް ފަހަރު ގިނަވެ އެއްފަހަރާ ގިނަ ލޯންޗް ތަކަކުން މީހުން އަރައި ފޭބުމަށް ދަތިވެފައިވާތީ ހަދާ ޖެޓީ ތަކެކެވެ.
އެޮތުން މާލޭ އުތުރުފަރާތު ފަޅުތެރޭގައި ލޯންޗުފަހަރު ކައިރިކުރުމަށް ހާއްސަ 6 ޖެޓީ ހެދުމުގެ މަސައްކަތް އެމްޓީސީސީ އާއި ވަނީ ހަވާލުކޮސްފައެވެ. މި މަސަައްކަތުގެ އަގަކީ 18.9 މިލިއަން ރުފިޔާ އެވެ.
އަދި މި މަޝްރޫއުގެ ދަށުން ތަރައްގީކުރަނީ 25 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީ އާއި 15 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
މި މަޝްރޫއުއަކީ ފެރީ ލޯންޗުތައް ކައިރިކުރަ މާލެ އުތުރު ބަނދަރަށް މިހާރު ދިމާވެފައިވާ ތޮއްޖެހުމަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން އެ ކުންފުންނާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުއެއްކަމަށްވެސް އެ ކުންފުނިން ބުނެއެ




