ބޯކޮށް ވާރޭވެހި ވައިގަދަވާނެކަމަށް ލަފާކޮށް ށ އަތޮޅުން ފެށިގެން މ އަތޮޅަށް ރީނދޫ އެލާޓް ނެރެފި އެވެ.
Alert yellow for torrential rain https://t.co/To3fvhgPW4
— Maldives Meteorology (@MetMaldives) October 23, 2026
މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރެފައިވާ ރީނދޫ އެލާޓްގައި ބުނެފައިވަނީ މިއަދު ހަވީރު 15:00 އިް ފެށިގެ މިރޭގެ 19:00 އަށް ށ އަތޮޅުން ފެށިގެން މ އަތޮޅަށް ބޯކޮށް ވެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.
އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭ ކަމަށްވެސް މޫސުމާބެހޭ ގައުމީ އިދާރާއިން ނެރެފައިވާ ރީނދޫ އެލާޓް ގައި ބުނެފައި ވެއެވެ.




