11 ރަށެއްގެ މަގު ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފި އެވެ.
އިންފްރާސްޓްރަކްޗަރ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ރަށްތަކުގެ މަގުހެދުމުގެ މަސައްކަތު އެއްބަސްވުންތަކުގައި އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް ހަމީދު އެވެ. އެމްޓީސީސީގެ ފަރާތުން އެ އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދު އެވެ.
އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ބުނީ މި 11 ރަށުގެ މަގު ހެދުމުގެ މަޝްރޫއުތަކުގެ ޖުމުލަ އަގަކީ 912.15 މިލިއަން ރުފިޔާ ކަމަށާއި މި މަޝްރޫއުގެ ދަށުން އަށް ރަށެއްގެ މަގުތަކުގައި ތާރު އެޅުމަށް ހަމަޖެހިފައިވާ އިރު، 3 ރަށުގެ މަގުތައް ހަދާނީ ސިމެންތި ޓްރީޓެޑް ބޭސް (ސީޓީބީ) އަކާއެކު ވެލި އަޅައިގެން ކަމަށެވެ.
MTCC has signed an agreement with Ministry of Infrastructure, Housing and Urban Development towards implementation of Road Development Projects in 11 islands.
State Minister Ismail Hameed signed on behalf of the Ministry and Deputy MD, Mr. Mohamed Jamsheed signed on behalf of MTCC.
MP for Funadhoo Constituency, Hon. Mohamed Mamdhooh, MP for Thulusdhoo Constituency, Hon. Ibrahim Naseem and MP for Mathiveri Constituency Hon. Hassan Zareer graced the ceremony.
#RayyithungeKunfuni #MTCCProjects #GaumuBinaakurumugaaMTCC— MTCC Plc (@MTCCPlc) October 29, 2026
އެގޮތުން މި އެއްބަސްވުމުގެ ދަށުން ރ. އިންނަމާދޫގެ 2.60 ކިލޯމީޓަރުގެ 7 މަގާއި، އއ. ފެރިދޫގެ 2.11 ކިލޯމީޓަރުގެ 3 މަގާއި، ށ. ބިލެތްފަހިގެ 2.46 ކިލޯމީޓަރުގެ 4 މަގުގެ އިތުރުން ރ. ރަސްގެތީމްގެ 2.12 ކިލޯމީޓަރުގެ 6 މަގު ތާރު އަޅައިގެން ތަރައްގީކުރާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން ބ. ދަރަވަންދޫގެ 2.55 ކިލޯމީޓަރުގެ 4 މަގާއި، ނ. މަގޫދޫގެ 2.11 ކިލޯމީޓަރުގެ 4 މަގާއި، ފ. ފީއަލިގެ 2.46 ކިލޯމީޓަރުގެ 10 މަގު އަދި ށ. މާއުނގޫދޫގެ 3.25 ކިލޯމީޓަރުގެ 7 މަގު ތާރު އަޅައިގެން ތަރައްގީކުރާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
މި އެއްބަސްވުން ތަކުގައި ހިމެނޭ ބ. ކެންދޫގެ 2.23 ކިލޯމީޓަރުގެ 6 މަގާއި، އއ. މަތިވެރިގެ 2.35 ކިލޯމީޓަރުގެ 10 މަގު އަދި ކ. ދިއްފުށިގެ 2.36 ކިލޯމީޓަރުގެ 5 މަގު ތަރައްގީކުރާނީ ސީޓީބީއަކާއެކު ވެލި އަޅައިގެން ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.




