މާވަށުގައި ސަރުކާރުން ގާއިމްކުރި ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ގޮފި ހުޅުވައިފި އެވެ.
ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ގުރްއާން ބެހޭ ގައުމީ މަރުކަޒުގެ ގޮފިތަށް ގާއިމް ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ލ މާވަށުގައި ގާއިމްކުރި މި މަރުކަޒް ރަސްމީކޮށް ހުޅުވައިދެއްވީ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލްއުސްތާޒް ޢަބްދުލްޣަފޫރު އަޙްމަދު އެވެ.
މި މަރުކަޒު ހުޅުވައިދެއްވުމަށްފަހު އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލްއުސްތާޒް ޢަބްދުލްޣަފޫރު އަޙްމަދު ވަނީ މި މަރުކަޒުން ހިންގާ ގުރްއާން ކްލާސްތައް ރަސްމީކޮށް ފައްޓަވައިދެއްވައި، އެ ކްލާސްތަކުގައި ބައިވެރިވާ ދަރިވަރުންނާއި ބެލެނިވެރިންނާވެސް ބައްދަލުކުރައްވާފައެވެ.




