ތެލެސީމިއާ ޓެސްޓްކުރާ މީހުންނަށް ދޫކުރާ ކާޑު ޑިޖިޓަލް ކޮށްފި އެވެ.
ތެލެސީމިއާސެންޓަރުންނާއި ޝީ ފަދަ ތެލެސީމިއާ ޓެސްޓްކޮށްދޭ ފަރާތްތަކުން މީގެ ކުރިން ދޫކުރަމުންއައީ ޕްރިންޓު ކޮށްފައިދޫކުރާ ކާޑެކެވެ.
ޑިޖިޓަލް ކާޑް ތައާރަފް ކުރުމަށްފަހު މޯލްޑިވިއަން ބްލަޑް ސާވިސެސް (އެމްބީއެސް) އިން ބުނީ، މި ބަދަލަކީ ރައީސް ޑރ މުޢިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، ގެންނެވި ބަދަލެއް ކަމަށާއި މިބަދަލާ ގުޅިގެން ލޭގެ ބަލިތަކަށް ހާއްސަ ވަށައިޖެހޭ ފަރުވާގެ ނިޒާމެއް ގާއިމްވެގެން ގޮސްފައިވާ ކަމަށެވެ.
އެގޮތުން އަލަށް ތައާރަފްކުރި މި ކާޑު ދޫކުރާނީ އީމެއިލް އާއި ވަޓްސްއެފް މެދުވެރިކޮށް ކަމަށެވެ.
އަދި މި ކާޑުގެ ސައްހަކަން ކަށަވަރުކުރުމަށް ކިޔުއާރު ކޯޑެއްވެސް އެ ކާޑުގައި ހިމަނާފައިވާ ކަމަށް ބުނެފައި ވެއެވެ.




