މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ އިސްރާއީލުގެ އެހީތެރިކަމާއެކު އުފެދިގެންއައި ޕާޓީއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށުދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެންބަރު ޝުޖާއު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ދެކުނު އުތުރު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް އިމިގްރޭޝަން ގާނޫނަށް ހުށަހެޅުއްވި އިސްލާހަކީ ސިޔާސީ މަގުސަދެއްގައި ހުށަހެޅި އިސްލާހެއް ކަމަށެވެ.
އަދި އިސްރާއީލުގެ ޕާސްޕޯޓް މަނާކުރުމުގައި އެމްޑީޕީގެ އިހުލާސްތެރިކަމެއް އޮތް ނަމަ، އެހެން ގައުމުތަކުގެ ޕާސްޕޯޓް ބޭނުންކޮށްގެން ވެސް އިސްރާއީލު މީހުން ރާއްޖެ އެތެރެވުން މަނާކުރާގޮތަށް އެ އިސްލާހު ހުށަހެޅީސް ކަމަށާއި، ގައުމީ މުހިންމު ކަންކަމުގައި އެމްޑީޕީގެ އެއްވެސް އިހުލާސްތެރިކަމެއް ނުހުންނަ ކަމަށް ވެސް މެންބަރު ޝުޖާއު ވިދާޅުވިއެވެ.




