ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 3.2 ކިލޯގެ މަސްތުވާތަކެއްޗާއެކު ދިވެއްސަކު ހައްޔަރުކޮސްފި އެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނީ މި މަހުގެ އަށްވަނަ ދުވަހު މެލޭޝިއާއިން ރާއްޖެ އައި 32 އަހަރުގެ ދިވެހި ފިރިހެނެއްގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާގެ ލަގެޖް ބަލައިފާސްކުރުމުގެ ތެރޭގައި 3.2 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.
ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނު 3.2 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި.
🔹ބާވަތް: ހެރޮއިން
🔹ބަރުދަން: 3200 ގްރާމް https://t.co/cloXE3sFQ4— Maldives Customs Service (@CustomsMv) November 18, 2026
އަދި އެ ތަކެތި ފުރަތަމަ ޓެސްޓުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި، އެތަކެތި އެތެރެކުރަން އުޅުނު މީހާ މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާ ހަވާލުކޮށްފައި ކަމަށްވެސް ކަސްޓަމްސް އިން ބ ުނެއެވެ.




