Advertisement
BML Home 2nd Ad
މީސްތަކުންނަށް އެންމެ ފުރިހަމަ ޤާނޫނެއް ގެނެސްދެއްވި ލީޑަރެއްގެ ޝަރަފް އެމެރިކާގެ ސްޕްރީމް ކޯޓުންވެސް ނަބިއްޔާއަށް އަރުވައި އެކޯޓުގެ ތާރީޚުގައިވެސް އެކަން ދަމަހައްޓަމުން ގެންދޭ
މީސްތަކުންނަށް އެންމެ ފުރިހަމަ ޤާނޫނެއް ގެނެސްދެއްވި ލީޑަރެއްގެ ޝަރަފް އެމެރިކާގެ ސްޕްރީމް ކޯޓުންވެސް ނަބިއްޔާއަށް އަރުވައި އެކޯޓުގެ ތާރީޚުގައިވެސް އެކަން ދަމަހައްޓަމުން ގެންދޭ

އާދަމުގެ ދަރީންގެ ތެރޭގައި ހިމެނުނު އެންމެ މަތިވެރި އަޚްލާޤެއްގައިވާ ޝަޚްޞިއްޔަތަކީ، މިއުއްމަތުގެ ނަބިއްޔާ: ސަލަފް ރައީސް

"މީސްތަކުންނަށް އެންމެ ފުރިހަމަ ޤާނޫނެއް ގެނެސްދެއްވި ލީޑަރެއްގެ ޝަރަފް އެމެރިކާގެ ސްޕްރީމް ކޯޓުންވެސް ނަބިއްޔާއަށް އަރުވައި އެކޯޓުގެ ތާރީޚުގައިވެސް އެކަން ދަމަހައްޓަމުން ގެންދޭ"

އާދަމުގެ ދަރީންގެ ތެރޭގައި ހިމެނުނު އެންމެ މަތިވެރި އަޚްލާޤެއްގައިވާ ޝަޚްޞިއްޔަތަކީ، މިއުއްމަތުގެ ނަބިއްޔާ އަދި މުސްލިމުންގެ ނަމޫނާ، محمد صلى الله عليه وسلم ކަމުގައި ވިދާޅުވެ ޖަމްޢިއްޔަތުލް ސަލަފްގެ ރައީސް ޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އެޙަޤީޤަތް ތަކުރާރުކޮށް ހަނދާންކޮށްދެއްވައި ފިއެވެ.

Advertisement
Etukuri Inside ad 300x300 Desktop

މިފަދައިން ހަނދާންކޮށްދެއްވައި ޝައިޚް ޢަބްދުﷲ މިއަދު ކުރެއްވި ޓްވީޓުގައި، މީސްތަކުންގެ ޙިސާބު އަވަސް ކޮށްދެއްވުމަށް ޤިޔާމަތް ދުވަހު ﷲ ގެ ޙަޟްރަތުގައި ދެންނެވުމުގެ ޙައްޤުވެރިޔަކީވެސް محمد صلى الله عليه وسلم ކަމަށް ވިދާޅުވެ އެޙަޤީޤަތްމަތިންވެސް ހަނދާންކޮށްދެއްވާފައި ވެއެވެ.

ޤިޔާމަތްދުވަހުގެ ބިރުވެރިކަމަކީ އިންތިހާ ބިރުވެރިކަމެކެވެ. އެދުވަހުގެ ބިރުވެރިކަމާހުރެ މީސްތަކުން އެބައިމީހުންގެ މައިންބަފައިންނާއި އަނބިދަރީން ދޫކޮށް އަމިއްލަ ޖާނައިގެން ފިލަން ދުވާނެކަމުގައިވެސް ކީރިތި ޤުރުއާނުގައި މާތް ﷲ މީސްތަކުންނަށް ހަނދާންކޮށްދީފައި ވެއެވެ.

ޤިޔާމަންދުވަހުން މީސްތަކުން މަޙްޝަރުކުރެވޭނީ މައިންގެ ބަނޑުން އުފަންވީގޮތަށް "އޮރިޔާން" ޙާލުގައިކަމަށް މާތް ﷲ ގެ ނަބިއްޔާ ވިދާޅުވުމުން މުސްލިމުންގެ މައިކަމަނާ ޢާއިޝަތުގެ ފާނުގެ ހިތްޕުޅުގައި އެކަމާމެދު ސުވާލުއުފެދި، އޮރިޔާން ހާލުގައި މީސްތަކުން ތިބޭހިނދު އެއްބަޔަކު އަނެއްނަޔަކަށް ނުބަލާނެތޯ ސުވާލުކުރެއްވުމުން ޢާއިޝަތުގެ ފާނަށް ޖަވާބުދެއްވައި ނަބިއްޔާ ވިދާޅުވެފައިވެއެވެ.

"އޭ ޢާއިޝާއެވެ. އެބައިމީހުން އެފަދަ ކަމަކާމެދު އުޅެވޭވަރަށްވުރެ އެދުވަހުގެ ބިރުވެރިކަން މާ ބޮޑެވެ"

ބިރުވެރި އެ ދުވަހުގައި ޝަފާޢަތްތެރިވުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާ ހަމައެކަނި އިންސާނާ މިއުންމަތުގެ ނަބިއްޔާ محمد صلى الله عليه وسلم ގެ ޝަފާޢަތުން މަޙްރޫމްވެގެން ހިނގައިދާނެ ބަޔެއްކަމުގައި އަޅަމެން ނުލަށްވާށި….އާމީން

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add