Advertisement
BML Home 2nd Ad
ރައީސް ނަޝީދު އިސްތިޢުފާދެއްވި ދުވަހުގައި ފުލުހުންނާއި ސިފައިންގެ މެދުގައި ޖުމްހޫރީ މައިދާނުގައި ހިނގި
ރައީސް ނަޝީދު އިސްތިޢުފާދެއްވި ދުވަހުގައި ފުލުހުންނާއި ސިފައިންގެ މެދުގައި ޖުމްހޫރީ މައިދާނުގައި ހިނގި "ކުރިމަތިލުން" ގެ ތެރެއިން

އަހަރުތަކެއް ނެގިނަމަވެސް "ބަޣާވާތާ" މެދު އަޅާނުލާ ދޫކޮށެއް ނުލާނަން: ރައީސް ނަޝީދު

ރައީސް ނަޝީދަށް އިސްތިޢުފާ ދެއްވަން ޖެހިވަޑައިގެންނެވި ހަދިސާއަށް އިޝާރާތްކުރަށްވައި، އެ "ބަޣާވާތް" ގެ މައްސަލަ ބެލުމަށް އަހަރުތަކެއް ނެގިނަމަވެސް އެމައްސަލަ ބެލި ފިޔަވަޅު އެޅިގެންދިޔުމަށް ކުރަށްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓާނުލަށްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

Advertisement
Etukuri Inside ad 300x300 Desktop

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި ޑރ. ފައިރޫޒް ފުލުހުންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓައަރކުރެއްވުމަށް ނިންމެވުމާ ގުޅިގެން އެކަމާ ފާޑުވިދާޅުވެ ޖެނިފާ ކުރެއްވި ޓްވީޓަކަށް ޖަވާބުދެއްވައި، އެމަނިކުފާނުގެ "އެލެކްސް އަޙްމަދު" ޓްވިޓަރ އަތްގަނޑުން ކުރެއްވި ޓްވީޓެއްގައެވެ.

ވެރިކަން ވެއްޓުނު ހާދިސާއާ ގުޅުވައިގެން އޭސީޕީ ފައިރޫޒްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ރައީސް ނަޝީދުގެ އިތުރުން އެމްޑީޕީގެ އިސްފަރާތްތަކުންވެސް އަބަދުމެ ކުރަމުން ގެންދެއެވެ. ވެރިކަން ވެއްޓުނު ދުވަހު ފުލުހުންގެ ކޮންޓްރޯލް ސަރުކާރަށް ގެއްލި ހިނގައިދިޔަ ހަމަނުޖެހުންތަކުގެ އަޑީގައި، "ބަޣާވާތް" ގެ އިސް ސަފުގައި، ހުންނެވިކަމުގެ ތުހުމަތު އޭސީޕީ ފައިރޫޒްގެ މައްޗަށް ކުރެއެވެ.

ޚުދު މިހާރުގެ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުވެސް އެދުވަސްވަރު ވަނީ އެފަދަ މޭރުމަކުން ޓްވީޓެއް ކުރަށްވާފައި ކަންވެސް ފާހަގަކޮށްލެވެއެވެ.

"ފުލުހުންގެ މުއައްސަސާއަށާއި މުޅި ޤައުމަށްވެސް ފައިރޫޒްކޮށްދެއްވި އަގުނުކުރެވޭފަދަ ޚިދުމަތްތަކަށްޓަކައި އަހަރެން އޭނާއަށް އިޚްލާޞްތެރި ޝުކުރެއް އަދާކުރަން" 

އޭސީޕީ ފައިރޫޒް ރިޓަޔަރ ކުރެއްވިކަން ހާމަކުރަށްވައި ކޮމިޝަނަރ ޙަމީދު މިއަދު ކުރެއްވި ޓްވީޓުގައި، ފުލުހުންގެ ޚިދުމަތުގައި ފައިރޫޒް ހޭދަކުރަށްވާފައިވާ 20 އަހަރުގެ ދިގު މުއްދަތުގެ ޚިދުމަތުގެ އަގުވަޒަންކުރަށްވައި ވިދާޅުވެފައި ވެއެވެ.

އެހެންނަމަވެސް، ރައީސް ނަޝީދުވަނީ ސީޕީ ޙަމީދުގެ އެ ޓްވީޓާގުޅިގެން ނުރުހުމުގެ ރާގަކަށް ރައްދުގެ ޖަވާބެއް އެ ޓްވީޓަށްވެސް ދެއްވާފައެވެ.

"ބަޣާވާތް ކުރީތީވެސް ޝުކުރު އަދާކުރެއްވީން ތޯ" 

ކޮމިޝަނަރު ޙަމީދުގެ ޓްވީޓާ ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައި ސީޕީގެ ކިބައިން އައްސަވާފައި ވެއެވެ.

ވެރިކަން ކުރަމުންދާ މައިޕާޓީ އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖްލީހުން ދާދިފަހުން ފާސްކުރެއްވި ފުލުހުންގެ އައު ޤާނޫނުގެ ދަށުން، ކޮމިޝަނަރ އޮފް ޕޮލިސްފިޔަވައި އެންމެހައި އޮފިސަރުންވެސް މަޤާމުން ވަކިކުރެވޭގޮތަށް ޤާނޫނު އިސްލާޙުކުރެވިގެންދިއުމަކީ ފައިރޫޒް ރިޓައަރ ކުރެއްވި ސަބަބުކަމަށް ގިނަބަޔަކު ޤަބޫލުކުރާކަން ފާހަގަ ކުރެވެއެވެ.

ފުލުހުންގެ މުއައްސަސާއިން "ބާޣީން" ބޭރުކޮށް "ޤައުމީ" ފުލުހުންނަށް ހެދުމުގެ ބޭނުމުގައި ކަމަށް ބުނެވިގެން އެމްޑީޕީން ފުލުހުންގެ ޤާނޫނަށް ގެނައި އިސްލާޙާއެކުވެސް، އެޕާޓީ "ބަޣާވާތް" ގެ ތުހުމަތު ކުރާ ފުލުހުންގެ އިސް އޮފިސަރުން ޝަރަފްވެރިކަމާއެކު ޚިދުމަތުން ރިޓައަރކުރެވުމުގެ ފުރުޞަތު ފަހިވެގެންދިއުމަކީ އެޕާޓީގެ އިސްފަރާތްތަކުން، ޚާއްޞަކޮށް ރައީސް ނަޝީދުގެ "ފެކްޝަން" އިން، ރުހި ޤަބޫލުވާނެ ކަމެއް ނޫންކަން އެފަރާތްތަކުގެ ބަސްތަކުން ހާމަވަމުން ދެއެވެ.

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

6 Responses

  1. Ganoonaai khilaafah gaazee aku viyass raheen kurumuge amuru neren kuvveri. Eykan rayyithun ge ginabayaku nukume muzaaharaa kurumun vess gaazee dhookoh nulun v.boaharu.! Gaumuge hamajehumah police elhi fiyavalhaai gulhigen viyass isthiufaa nudhevvi Ameen didi, v. Gadha!

  2. Gaanoonaai khilaafah gaazee akuviyass raheem kurumakee kusheh. Gaazee hayyarukurun kuvverikoh rayyithun nikume muzaaharaa kurumun vess gaazee dhookoh nulaa boaharu khudhu mukhuthaaru siyaasathu v. Kada. Dhenfahe, police mndf gaumuge hama jehumah elhi fiyavalhu thakaai gulhigen viyass isthiufaa dhevvumakee,findi amaleh. Ameen did isthiufaa nudhevvaa kamah bunevey!

  3. Ganoonaai khilaafah gaazee aku viyass raheen kurumuge amuru neren kuvveri. Eykan rayyithun ge ginabayaku nukume muzaaharaa kurumun vess gaazee dhookoh nulun v.boaharu.! Gaumuge hamajehumah police elhi fiyavalhaai gulhigen viyass isthiufaa nudhevvi Ameen didi, v. Gadha!

  4. ބަޣާވާތް އެނގޭނީ ކެނެރީ /ކެރަފާ އަށް
    ބޮއިގެން އެތަނަށް އައިސް އިސްތިއުފާ ދިނީ މީނާގެ ކެބިނެޓު މިނިސްޓަރުން އިސްތިއުފާ ނުދޭށޭ ބުނީމާ ބަވައިގަތީ ހަދަންވާގޮތެއް ކަލޭމެނަކަށް ނޭނގޭނެއޭ ކިޔާފަ.މީނަ އެދުވަހު އެތަނަށް އަންނަންވެސް ޖެހޭ މީހެއް ނޫނޭ މިއީކީއެއް.އެދުވަހު ބެއްލެވި ފުޅިއާ ވެސް އެކު މުލީއާގޭ ކޮޓަރިން ނެރުނު އިރު ޓީވީ އިން ދެއްކި.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add