ކިރިޔާވެސް އޮށްޓަރެއްހުރި މީހަކު ވެއްޖިއްޔާ ކުރާނީ ހިޖުރަކަމަށާއި، "މިހަހަލަ" ފާސިޤު ހީލަތްތެރިން ކައިރީ ނޫޅޭނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަޙްމަދު ފަޔާޒް ޙަސަން ވިދާޅުވެއްޖެއެވެ.
ފަޔާޒް މިފަދައިން ވިދާޅުވެފައި މިވަނީ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި ޑރ. ޢަބްދު ﷲ ފައިރޫޒް އަމިއްލައަށް އެދިވަޑައިގެން އެ މަޤާމުން ރިޓަޔަރ ކުރެއްވުމަށް ނިޞްބަތްކުރަށްވައި ރޭގެވަގުތެއްގައި ކުރެއްވި ޓްވީޓެއްގައެވެ.
Kiriyaaves ottareh huri meehakuvejjeyyaa kuraanee hijura. Mikahala munaafigu faasigu heelaitherin kaari noolheyne. https://t.co/r4kvVutRnM
— Ahmed Fayaz Hassan (@phayadh) January 2, 2021
ޕޮލިސިންގް ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރަށްވައިގެން ހުންނެވި ޑރ. ފައިރޫޒް ފުލުހުންގެ ޚިދުމަތުގައި 20 އަހަރަށްވުރެ ގިނަދުވަހަށްފަހުގައި ޝަރަފްވެރިކަމާއެކު ރިޓަޔަރކުރަށްވާފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. އަދި ރޭގެވަގުތެއްގައި ޑރ. ފައިރޫޒް ކުރެއްވި ޓްވީޓެއްގައި ހާމަކޮށްފައިވާ ގޮތުގައި ފުލުހުންގެ ޚިދުމަތުން "އެކަހެރި" ވެވަޑައިގަތުމަށް އެދިވަޑައިގެން އެމަނިކުފާނު ހުށައެޅުއްވީ މީގެ 7 މަސް ދުވަސް ކުރިން، 02 ޖޫން 2020 ގައެވެ.
ޤައުމުގެ މުހިންމު މުއައްސަސާއެއްކަމަށްވާ ފުލުހުންގެ މުއައްސަސާގެ އިސް މި އޮފިސަރު ޝަރަފްވެރިކަމާއެކު ރިޓަޔަރ ކުރަށްވައި އެބޭފުޅާގެ ޚިދުމަތް ޤައުމަށް ގެއްލިގެން ދިއުމުން އިންތިހާއަށް ހިތާމަކުރާ ގިނަ ބަޔަކުވެސް ތިބިކަން ހާމަވަމުންދާއިރު، އެކަމާމެދު "ރަތަށް" އަރާވަޑައިގެންނެވި މަދު ބޭފުޅުންކޮޅެއްވެސް ތިއްބެވިކަން ދޮޅަހަކަށް ޓްވިޓަރ އަތްގަނޑުން ދައްކަވަމުން ގެންދަވާކަންވެސް ފާހަގަކުރެވެއެވެ.
advertisment
advertisment