Ad

އެފްރިކަން ކަޕް އޮފް ނޭޝަންސް: ފަހު މިނެޓްގައި މާނޭ ޖެހި ގޯލުން ސެނަގޯލްގެ ފެށުން ރަނގަޅުކޮއްފި

އެފްރިކަން ކަޕް އޮފް ނޭޝަންސްގައި މިއަދު ކުޅުނު ފުރަތަމަ މެޗްގައި ސެނަގޯލާއި ޒިމްބާބުވޭ ބައްދަލުކުރި މެޗް ސެނަގޯލުން ކާމިޔާބުކޮށްފިއެވެ.

މި މެޗް ސެނަގޯލުން ކާމިޔާބުކުރީ 1-0 ލަނޑުންނެވެ. މެޗްގެ ހަމައެކަނި ގޯލް މެޗްގެ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ލިވަޕޫލްގެ ފޯވާޑް ސާޑިއޯ މާނޭއެވެ. މި ޕެނަލްޓީއަކީ މެޗްގެ ފުރިހަމަ ވަގުތު ހަމަވެގެން އިތުރުވަގުތުގެ ގޮތުގައި ދެއްކި ހަތަރު މިނެޓްތެރެއިން ފަހު މިނެޓްގައި ޒިމްބާބުވޭގެ ކުޅުންތެރިޔަކު އޭރިއާ ތެރެއިން ގަސްދުގައި ބޯޅައިގައި އަތް ލުމުގެ ސަބަބުން ސެނަގޯލަށް ލިބުނު ޕެނަލްޓީއެވެ. މި މެޗްގައި ދެޓީމުގެ ފަރާތުންވެސް މާ އެދެވޭ ކުޅުމެއް ފެނިގެން ނުދެއެވެ.

ސެނަގޯލަކީ ވަރުގަދަ ސްކޮޑަކާއެކު މި މުބާރާތާ ކުރިމަތިލި ޓީމެކެވެ. އެ ޓީމުގައި ގިނައިން ހިމެނެނީ ޔޫރަޕްގެ ބޮޑެތި ލީގުތަކުގައި ނަން ހިނގާ މަޝްހޫރު ކުޅުންތެރިންނެވެ. ނަމަވެސް މި މެޗާ ކުރިމަތިލިއިރު ސެނަގޯލަށް ވަނީ ކޮވިޑްގެ ނުރައްކާ ކުރިމަތިވެފައެވެ. މިގޮތުން ސެނަގޯލް ޓީމުގައި ހިމެނޭ ނަޕޯލީއަށް ކުޅެމުން އަންނަ ތަޖުރިބާކާރު ޑިފެންޑަރު ކުލިބާލީއާއި ޗެލްސީގެ ގޯލްކީޕަރު މެންޑީ އަދި ވަޓްފޯޑްގެ ފޯވާޑް އިސްމައިލާ ސާރ މި މެޗްގައި ނުކުޅެއެވެ.

ގްރޫޕް ބީގައި ސެނަގޯލާއެކު ދެން ހިމެނެނީ ޒިމްބާބުވޭ، ގިނީ އަދި މަލާވީއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *