Ad

ވަންދޫ ކައުންސިލްގެ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ނެވިން ސްޕޯޓްސް ކްލަބް ހޯދައިފި

ވަންދޫ ކައުންސިލްގެ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ނެވިން ސްޕޯޓްސް ކްލަބް ހޯދައިފިއެވެ.

މުބާރާތުގެ ޗެމްޕިއަންކަން ނެވިން ސްޕޯޓްސް ކުލަބް ހޯދީ ފައިނަލްގައި ފަން ބޯއީސް ސްޕޯޓްސް ކުލަބާ ވާދަކޮށް 1-3 ލަނޑުން މެޗް ކާމިޔާބު ުކޮއްގެންނެވެ. މި މެޗްގައި ނެވިންގެ ގޯލްތައް ކާމިޔާބުކޮށްދިނީ އަހުމަދު ނަބާން އާއި މުޙައްމަދު ޝިފާނުގެ އިތުރުން އަލީ ނައުފަލް އެވެ. ފަން ބޯއީސްގެ ހަމައެކަނި ގޯލް ކާމިޔާބުކޮށްދިނީ އިބްރާހިމް ޒިހާނެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މުހައްމަދު ޝިފާން (ބުރުވާ) އެވެ.

ފައިނަލް މެޗަށްފަހު މުބާރާތުން ވަނަވަނައަށް އައި ކުޅުންތެރިންނަށް ވަނީ އިނާމާއި ހަނދާނީ ލިޔުންދީފައެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށާއި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔަކަށް ހޮވުނީ ފުޓްސަލްގައި ރާއްޖޭގެ އެންމެ މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ފަން ބޯއީސްގެ އާދަމް ނާސިހު (އާދަންނާ)އެވެ. އާދަންނާ ވަނީ މި މުބާރާތުގައި 11 ގޯލް ޖަހާފައެވެ. ފެއާޕްލޭ ކުޅުންތެރިޔަކަށް ހޮވުނީ ފަން ބޯއީސްގެ އަހުމަދު ޔައީޝް އެވެ.

މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަކީ، ފަން ބޯއީސްގެ އާދަމް ނާސިހު( އާދަންނާ) އާއި ނެވިންގެ ގޯލްކީޕަރު ޝައިހާން އަލީއާއި ނެވިންގެ ކެޕްޓަން މުޙައްމަދު އަމީރާއި، ހަމަ އެޓީމުގެ މުޙައްމަދު ޝާންގެ އިތުރުން ކޮއްޓިގެ އައްސަދެވެ.

މުބާރާތުގެ ފެއާޕްލޭ ޓީމަކީ އައްޑާއެވެ

މި މުބާރާތަކީ ވަންދޫ ކައުންސިލްގެ ކުޅިވަރު ހަފްތާގައި ހިމެނިގެން ކުރިއަށްގެންދިޔަ މުބާރާތެކެވެ. މި މުބާެރާތް އިންތިޒާމްކޮށް ކުރިއަށް ގެންގޮސްފައިވަނީ ވަންދޫ ވިޑްސް ޖަމްއިއްޔާއިންނެވެ.

ނެވިން ސްޕޯޓްސް ކްލަބްގެ ސްޕޮންސަރުންނަކީ ސީސީއައިއޭ އައިސްޕްލާންޓާއި އިރުވަރު މޯލްޑިވްސްއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *