Ad

ކޮވިޑަށް ޕޮޒިޓިވްވާ މީހުން ކަރަންޓީން ވާންޖެހޭ މުއްދަތު 7 ދުވަހަށް ކުރުކޮށްފި

ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުން ކަރަންޓީން ވާންޖެހޭ މުއްދަތު 7 ދުވަހަށް ކުރުކޮށްފިއެވެ.

ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނާއި، ކޮންޓެކްޓުވާ މީހުން ކަރަންޓީންވާންޖެހޭ މުއްދަތަށް އެޗްޕީއޭއިން މިއަދު ގެނައި ބަދަލުތަކުގެ ތެރޭގައި ކޯވިޑަށް ޕޮޒިޓިވްވާ މީހާ އެކަހެރިވާން ޖެހެނީ ކޯވިޑަށް ޕޮޒިޓިވްވާ ސަމްޕަލް ލިބޭތާ 7 ދުވަހުގެ މުއްދަތަކަށެވެ. ޕޮޒިޓިވް މީހުންގެ ތެރެއިން ބަލީގެ އަލާމާތް ހުރި މީހުންގެ ކަރަންޓީންގެ މުއްދަތު ނިމޭނީ 7 ދުވަސްފަހުން ނެގޭ ސަމްޕަލްގެ ނަތީޖާ ނެގެޓިވްވުމުންނެވެ. ކުރިން ހަމަޖެހިފައިވާ ގޮތުން ޕޮޒިޓިވްވާ މީހާ ކަރަންޓީންވާ ޖެހޭ މުއްދަތަކީ 14 ދުވަހެއެވެ.

ކޯވިޑް-19ގެ ވެކްސިންގެ ޑޯޒްތައް ފުރިހަމަ ވެފައިވާ ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓުން ކަރަންޓީނު ކުރެވޭނީ ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓުވި ތާރީޚުން ފެށިގެން ދިހަ ދުވަހުގެ މުއްދަކަށެވެ. މި 10 ދުވަސް ފުރިހަމަވުމުން، ބަލީގެ އަލާމާތެއް ނެތްނަމަ އިތުރު ޓެސްޓުކުރުމަކާނުލައި ކަރަންޓީނުން ދޫކުރެވޭނެއެވެ.

އަދި އެ މީހަކު ކަރަންޓީނުވުމަށް ހެލްތު ޕްރޮޓެކްޝަންއެޖެންސީން އަންގާ ތާރީޚުން ފެށިގެން ފަސް ދުވަސް ފުރިހަމަވުމުން، ޕީ.ސީ.އާރ ޓެސްޓު ހަދައި ނަތީޖާ ނައްސިވުމުން ކަރަންޓީނުން ދޫކުރެވޭނެ ކަމަށް ވެސް އުސޫލުގައި ބުނެފައި ވެއެވެ. ނަމަވެސް އެގޮތައް ފަސްދުވަސް ފުރިހަމަ ވުމުން ދޫކޮށްލާނީ ކޮޮވިޑު-19 އަށް ފައްސިވެފައިވާ މީހުންނާ މުޅިން ވަކިން ކަރަންޓީނުގައި ތިބޭ ނަމައެވެ.

ކޯވިޑް-19 ވެކްސިން ފުރިހަމަނުވާ ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓުން ކަރަންޓީނު ކުރެވޭ މުއްދަތަކީ ޕޮޒިޓިވްވާ މީހާއާ ކޮންޓެކްޓުވި ތާރީޚުން ފެށިގެން 14 ދުވަހެވެ. އަދި ކަރަންޓީނުން ދޫކޮށްލެވޭނީ 14 ދުވަސް ފުރިހަމަވުމުން ޕީ.ސީ.އާރ ޓެސްޓު ހަދާ ނަތީޖާނެގެޓިވް ވުމުން ކަމަށް ވަނީ ކަނޑައަޅާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *