އެފްރިކާ ބައްރުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތްކަމަށްވާ އެފްރިކާ ކަޕް އޮފް ނޭޝަންސް ފަށައިގެން ވަރަށް ފޯރީގައި ކުރިޔަށް ކުރިޔަށްދާއިރު މި މުބާރާތުގައި މިހާތަނަށް ޖެހުނު ގޯލްތަކުގެ އަދަދު ވަރަށް މަދުކަން ފާހަގަކުރެވެއެވެ.
މުބާރާތުގައި މިހާތަނަށް ކޮންމެ ޓީމެއް 1 މެޗް ކުޅެފައިވާއިރު މުބާރާތުގެ ފުރަތަމަ މެޗް ފިޔަވާ އެހެން ހުރިހާ މެޗެއްގައި ފެނުނީ ގިނަވެގެން އެންމެ ގޯލެކެވެ. ފުރަތަމަ މެޗް މުބާރާތް ބާއްވާ ކެމަރޫންއިން ކާމިޔާބުރީ 2 ލަނޑު އެއްލަނޑުން ބާރކިނާ ފަސޯ ބަލިކޮށްގެންނެވެ. މި މެޗްގެ 3 ގޯލް ފެނިގެން ދިޔައިރު ދެން ކުޅުނު 11 މެޗުން ފެނުނީ އެންމެ 9 ގޯލެވެ. މީގެތެެރެއިން ގިނަ ގޯލްތަކަކީ ޕެނަލްޓީން ޖަހާފައިވާ ގޯލްތަކެވެ.
މިހާތަނަށް ކުޅުނު މެޗްތަކުގެ ނަތީޖާތަކަށް ބަލާއިރު، އިތިއޯޕިއާގެ މައްޗަށް ކޭޕްވާޑާއިން ކުރި ހޯދީ 1-0 ލަނޑުންނެވެ. ސެނަގޯލާއި ޒިމްބާބުވޭ ބައްދަލު ކުރި މެޗްގެ 1-0 ސެނަގޯލް ކާމިޔާބުކުރި އިރު ގިނީއާއި މަލާވީ ބައްދަލުކުރި މެޗްވެސް ނިމުނީ 1-0 ގެ ތަފާތަކުން ގިނީ މެޗް ކާމިޔާބުކޮށްގެން ނެވެ. އަދި ކޮމޯރޯސްގެ މައްޗަށް ގަބޯން 1-0 ކުރި ހޯދިއިރު މިސްރުގެ މައްޗަށް ނައިޖީރިއާއިން ކުރި ހޯދީވެސް 1-0 ލަނޑުންނެވެ. އޭގެ ފަހުން ކުޅުނު 2 މެޗްގައި ގޯލެއް ނުފެނެއެވެ. އެއީ އެންމެ ފަހުގެ ޗެމްޕިއަން އަލްޖީރިއާއާއި ސިއެރަ ލިއޯން ބައްދަލުކުރި މެޗާއި ސޫދާނާއި ގިނީ ބިއްސައު ބައްދަލު ކުރި މެޗެވެ. އެންމެ ފަހުން ކުޅުނު 3 މެޗް ވެސް ނިމުނީ 1-0 ގެ ތަފާތުންނެވެ. އެއީ އެކުއެޓޯރިއަލް ގިނީއާއި އައިވަރީ ކޯސްޓްގެ މެޗާއި ޓިއުނީޝިއާއި މާލީ ބައްދަލުކުރި މެޗާއި މައުރިޓާނިއާއާއި ގެމްބިއާ ބައްދަލު ކުރި މެޗް ތަކެވެ. މި މެޗްތައް ކާމިޔާބުކުރީ އައިވަރީ ކޯސްޓާއި މާލީގެ އިތުރުން ގެމްބިއާއެވެ.