Ad

އިނގިރޭސި ލީގު ކަޕް: ސެމީ ފައިނަލް ފުރަތަމަ ލެގުގައި އާސެނަލްއާއި ލިވަޕޫލާ އެއްވަރު

އިނގިރޭސި ލީގު ކަޕް ސެމީ ފައިނަލް ފުރަތަމަ ލެގުގައި އާސެނަލްއާއި ލިވަޕޫލާ ބައްްދަލުކުރި މެޗް އެއްވަރުވެއްޖެއެވެ.

މެޗްގެ ބޮޑުބައި އާސެނަލުން ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެއެވެ. އެއީ މެޗްގެ 24 ވަނަ މިނިޓްގައި އާސެނަލްގެ ގްރޭނިޓް ޝާކާ އަށް ރަތް ކާޑެއް ދެއްކުމެވެ. އޭނާ އަށް ރަތް ކާޑެއް ދެއްކީ ލިވަޕޫލްގެ ޑިއޯގޯ ޖޮޓާ އަށް ނުރައްކާތެރި ފައުލެއް ކުރުމުންނެވެ. ނަމަވެސް ލިވަޕޫލަށް އޭގެ ފައިދާ ނެގިފައެއް ނުވެއެވެ. މެޗްގައި ގިނަ ހަމަލާތަކެއް ލިވަޕޫލުން ނުފެއްދިނަމަވެސް އާސެނަލްގެ ގޯލާ އަމާޒުކޮށް އެންމެ އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވެއެވެ.

ސެމީފައިނަލްގެ ދެވަނަ ލެގް އާސެނަލް ދަނޑުގައި ކުޅޭނީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެރޭގަ އެވެ.

މި މެޗްގައި ލިވަޕޫލްގެ އެންމެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ މުހައްމަދު ސަލާހާއި ސާޑިއޯ މާނޭ ނެތްތައް ވަރަށް ބޮޑަށް ދެއްކިއެވެ. ސަލާހާއި މާނޭގެ އިތުރުން ނަބީކެއިޓާ މިވަގުތު ވަނީ އެފްރިކާ ކަޕް ކުޅުމަށް ގައުމަށް ގޮސްފައެވެ.

ދެވަނަ ލެގުން މޮޅުވާ ޓީމެއް އަންނަ މަހު 27 ވަނަ ދުވަހު ކުޅޭ ފައިނަލުގައި ވާދަކުރާނީ ޗެލްސީއާ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *