Ad

މޮޅެތި އެތަކެއް ފުޓުބޯޅަ ކުޅުންތެރިންނެއް ލ. ގަމުގައި!!!

ލ. ގަމަކީ ދިވެހިރާއްޖޭގެ އެންމެ ބިން ބޮޑު ރަށެވެ. ބިމުގެ ނިސްބަތުން ބަލާނަމަ ލ. ގަމަކީ، ގާތްގަނޑަކަށް ވިއްސަކަށް މާލެއެވެ. ލ. ގަމަކީ ޗުއްޓީތަކުގައި އެންމެ ޑިމާންޑް ހައި ރަށެވެ. އެކަމާ ދެބަސްވާނެ މީހަކު ނުހުންނާނެއެވެ. ގުދުރަތީ ރީތިކަމާއި ނަލަކަން ފޭސްބުކް އަދި ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ އަދި ފޮޓޯތަކުންވެސް ފެންނަން ހުންނާނެއެވެ.

ކުޅިވަރުގެ މައިދާނުގައި ޚާއްޞަކޮށް ފުޓުބޯޅާގައި ލ. ގަމަކީ ބޮޑު ނަމެކެވެ. ބޮޑު ނަމެކޭ މިބުނާ ސަބަބަކީ ނަން މަޝްހޫރު އެތަކެއް ފުޓްސެލް ކުޅުންތެރިންނާއި ފުޓުބޯޅަ ކުޅުންތެރިން ލ. ގަމަށް ނިސްބަތްވާ ކަމެވެ. މިކުޅުންތެރިންނާއެކު ލ. ގަމަކީ ފުޓުބޯޅައިގާ ހުނަރުވެރިންގެ ރަށެކެވެ. ދާދި ފަހަކުން ނިމިގެންދިޔަ ލ. ގަން ކައުންސިލް ފުޓުބޯޅަ މުބާރާތުގައި އެކަން ސާފުކޮށް ފެންނާނެއެވެ. ލ. ގަމުގެ 4 އަވަށަށް ނިސްބަތްވާ ޓީމުތަކުން ދެއްކި ހުނަރުވެރި ކުޅުމެވެ. ޚާއްޞަކޮށް ތުނޑީ އަށް ނިސްބަތްވާ ތުނޑީ ގޯޅި ސްޕޯޓްސް ކްލަބަކީ ހުނަރުވެރި ކުޅުންތެރިން އެންމެ ގިނައިން އުފެއްދި ޓީމެވެ. ފައިނަލުގައި ލ. މާބައިދޫ އަތުން ދެވަނަ ހާފްކުޅެގެން ބަލިވިކަމުގައިވީނަމަވެސް، ތުނޑީ ގޯޅި ސްޕޯޓްސް ކްލަބަކީ ލ. ގަމުގެ ފުޓުބޯޅައިގެ ހުނަރުވެރިންގެ ޓީމެވެ.

ލ. ގަން ކައުންސިލް ފުޓްބޯޅަ މުބާރާތުގައި މީގެ ކުރީން ފުރަތަމަ ޑިވިޝަން ކުޅުނު ކުޅުންތެރިންނާއި މިހާރުގެ ފުރަތަމަ ޑިވިޝަން ކުޅޭ ކުޅުންތެރިންވެސް ކުޅުނެއެވެ. ލ. ގަމަކީ ފުޓުބޯޅައިގެ ރަނގަޅު މަސައްކަތްތަކެއް ކުރެއްވިއްޖެނަމަ، މޮޅެތި އެތަކެއް ކުޅުންތެރިން ފެންނާނެ ރަށެކެވެ. މީގެ ކުރީގައި މޮޅެތި ފުޓުބޯޅަ ކުޅުންތެރިން ފާހަގަވެފައިހުރީ އދ. މަހިބަދޫ، ބ. އޭދަފުށި، ކ. ގުރައިދޫ އަދި ކ. ހުރާ އަށް ނިސްބަތްވި ކުރީގެ ހުއްރިއްޔާ ސްޕޯޓްސް ކްލަބް ފަދަ ކްލަބުތަކުންނެވެ. އެހެން ނަމަވެސް، މިހާރު އެމަންޒަރު ބަދަލުވެއްޖެ އެވެ.

ގަމު ތުނޑީ ގޯޅި ސްޕޯޓްސް ކްލަބު

ގަމު ތުނޑީ ގޯޅި ސްޕޯޓްސް ކްލަބުގެ ޙަރަކާތްތައް ފުޅާކޮށް، އެކްލަބުގެ ފަރާތުން މޮޅެތި އެތަކެއް ފުޓުބޯޅަ ކުޅުންތެރިން ބިނާކުރިއެވެ. ނަތީޖާއެއްގެ ގޮތުން އެކްލަބުގެ ކުޅުންތެރިންނަކީ މިއަދު ރާއްޖޭގެ ފުޓުބޯޅަ އަދި ފުޓްސެލްފަދަ ބޮޑެތި އެތަކެއް މުބާރާތްތަކެއްގައި ވާދަކުރާ މަޝްހޫރު ކުޅުންތެރިންނެވެ.

ހުސައިން ޝަރީފް (އޮންލީ)

ފުޓުބޯޅައިގެ ނަމުން އޮންލީ އަކީ ލ. ގަމު ތުނޑީ ގޯޅި ސްޕޯޓްސް ކްލަބަށް ނިސްބަތްވާ ކުޅުންތެރިއެކެވެ. އޮންލީ އަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ހުނަރުވެރި ފުޓްސެލް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މޮޅު ކުޅުންތެރިއެއްވެސް މެއެވެ. ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓުސެލް މުބާރާތްކަމުގައިވާ ކްލަބް މޯލްޑިވްސް މުބާރާތުގައިވެސް އެތަށް ފަހަރަކު ކާމިޔާބު ހޯދި ކުޅުންތެރިއެކެވެ. މީގެ އިތުރުން ރާއްޖޭގެ ފުޓުބޯޅައިގެ ޑިވިޝަންތަކުގައިވެސް ތަފާތު މޮޅު ކުޅުމެއް އޮންލީ ވަނީ ކުޅެފައެވެ.

އަޙްމަދު ޙަލީމް (އައްމަޑޭ)

އައްމަޑޭ އަކީ ލ. ގަމުގައިހުރި އެންމެ މޮޅު އެންމެ ޑިމާންޑ ބޮޑު ފުޓުބޯޅަ ކުޅުންތެރިޔާއެވެ. ތަފާތު އެތަކެއް ފުޓުބޯޅަ އަދި ފުޓްސެލް މުބާރާތްތަކެއްގައި އައްމަޑޭވަނީ ކުޅެދީފައެވެ. އައްމަޑޭއަކީވެސް ލ. ގަމު، ތުނޑީ، ގޯޅި ސްޕޯޓްސް ކްލަބަށް ނިސްބަތްވާ ކުޅުންތެރިއެކެވެ. މެދުތެރޭ އަދި ކުރިޔަށް ކުޅެމުން އަންނަ އައްމަޑޭ އަކީ ކްލަބް މޯލްޑިވްސް ފުޓްސެލް މުބާރާތްތަކުން ފެށިގެން ރާއްޖޭގެ ފުޓުބޯޅަ ޑިވިޝަންތަކުގައި ތަފާތު ކްލަބްތަކަށްވެސް ކުޅެފަވާ ކުޅުންތެރިއެކެވެ.

ޙުސައިން ނާޝިދު (ނާއްޓޯ)

ނާއްޓޯ އޭވައިއެލްގެ ޖޯޒީގައި. ސެންޓޭ އަތުން ބޯޅަ ހޯދަން މަސައްކަތް ކުރަނީ

ނާއްޓޯ އަކީވެސް ލ. ގަމު، ތުނޑީ، ގޯޅި ސްޕޯޓްސް ކްލަބަށް ނިސްބަތްވާ ކުޅުންތެރިކެވެ. ފަހަތަށް އަދި މެދުތެރެއަށް ކުޅޭ މިކުޅުންތެރިޔާއަކީވެސް ކްލަބް މޯލްޑިވްސް ކަޕް ހިމެނޭނެހެން މިވަގުތު ރާއްޖޭގައި ކުރިޔަށްދާ ފުޓްސެލް ބޮޑެތި މުބާރާތްތަކާއި ފުޓުބޯޅަ ޑިވިޝަންތަކުގައި މޮޅު ކުޅުންތެރިއެކެވެ. އޭވައިއެލްއާއެކު އެއްވަނަ ޑިވިޝަން ކުޅުނު ނާއްޓޯ ވަނީ ދާދި ފަހުން ބޭއްވި 3 ވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ބުރު ސްޕޯޓްސް ކްލަބަށް ކުޅެދީ، ޗެމްޕިއަންކަން ހޯދިއިރު އެޓީމުގެ އެންމެ މުހިންމު އެކަކެވެ.

ޖިނާޙް އަޙްމަދު (ޖީތު)

ޖީތުއަކީ ލ. ގަމު، ތުނޑީ، ގޯޅި ސްޕޯޓްސް ކްލަބަށް ނިސްބަތްވާ ކުޅުންތެރިއެކެވެ. ޖީތުއަކީ ފުރަތަމަ ޑިވިޝަންގައި ޔުނައިޓެޑް ވިކްޓްރީއަށް މިނިމުނު ސީޒަންގައި ކުޅުނު މޮޅު ޑިފެންޑަރެކެވެ. ފުޓުސެލް އަށްވުރެ ބޮޑަށް ޖީތު ފެނިގެން ގޮސްފަވަނީ ފަސްޓް ޑިވިޝަންގައެވެ.

ޢަބްދުﷲ ޖުނައިދު (ޖޭންނޭ)

ޖޭންނޭއަކީ ލ. ގަމު، ތުނޑީ ގޯޅި ސްޕޯޓްސް ކްލަބަށް ކުޅުނު ތުނޑީ އަށް ނިސްބަތްވާ ކުޅުންތެރިއެކެވެ. ޖޭންނޭ މިހާރު ކުޅެމުން އަންނަނީ ރާއްޖޭގެ ޗެމްޕިއަން ޓީމު މާޒިޔާއަށެވެ.

އަޖުވަދު އިބްރާހީމް (އަޖޭ)

އަޖޭއަކީ ލ. ގަމު، ތުނޑީ ގޯޅި ސްޕޯޓްސް ކްލަބަށް ކުޅުނު ތުނޑީ އަށް ނިސްބަތްވާ ކުޅުންތެރިއެކެވެ. އަޖޭއަކީ ފުރަތަމަ ޑިވިޝަންގައި ވެލެންސިއާއަށް ކުޅެދިން ކުޅުންތެރިއެކެވެ. 2016 އަދި 2017 ވަނަ އަހަރު ވެލެންސިއާ އަށް ދިވެހިލީގު ކުޅެދިނެވެ.

މިހުރިހާ ކުޅުންތެރިންނަކީވެސް މިވަގުތު ރާއްޖޭގެ ފުޓުސެލްގައިވެސް ބޮޑެތި ނަންތަކެވެ. މިފަދަ ހުނަރުވެރި އެތަކެއް ކުޅުންތެރިންނެއް މިވަގުތު ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބޭނެކަން ޔަޤީނެވެ. މި ކުޅުންތެރިންނަށް ރަނގަޅު ތަމްރީނެއް ލިބި އެކަށީގެންވާ ބޮޑެތި ފުރުސަތުތަށް ލިބޭނަމަ، ދިވެހިރާއްޖޭގެ ފުޓުބޯޅަ ދުވަހަކުވެސް މަރުވެ ނުދާނެއެވެ. ދެކުނު އޭޝިއާގެ ނިސްބަތުން ދިވެހިރާއްޖޭއަކީ ހުނަރުގެ ގޮތުން ފުޓުބޯޅައިގާ އެންމެ ކުރީގައި އުޅޭ ޤައުމެވެ. އެހެން ނަމަވެސް، މިއަދު ވަޅު ޖެހިފައި އޮތް ދިވެހި ފުޓުބޯޅަ ދެން އަލުން ބިނާކުރެވޭނީ ޒުވާން ހުނަރުވެރި ކުޅުންތެރިން ބިނާކޮށް އެކުޅުންތެރިންނަށް އެކަށީގެންވާ ތަމްރީނުދީ ޓްރަޔަލްތަކަށް ފޮނުވައި، ފުޓުބޯޅައިގެ މަތީ ފަންތީގެ ފުރުސަތު ހޯދައިދީގެންނެވެ. އެދެނީ ރާއްޖޭގެ ފުޓުބޯޅައަށް ފާގަތި ދުވަސްތަކެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

3 Responses

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *