Ad

ލިވަޕޫލްގެ ވެރިންނާއި ގިނަ ކުޅުންތެރިންތަކެއް ރާއްޖޭގައި!

ލިވަޕޫލްގެ ވެރިންނާއި އެޓީމުގެ މިހިންމު ކުޅުންތެރިންތަކެއް ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އަތުވެއްޖެއެވެ.

އިންޓަރނޭޝަނަލް ބްރޭކަށް ޔޫރަޕްގެ ބޮޑެތި ލީގުތައް މެދުކަނޑާލިއިރު މި ބްރޭކްގައި ޔޫރަޕްގެ ޤައުމުތަކަށް ބައިނަލްއަޤުވާމީ ރަސްމީ މެޗްތަކެއް ޝެޑިއުލްކޮށްފައެއް ނެތެވެ. މި ބްރޭކްގައި ކުރިއަށްދާނީ ވޯލްޑްކަޕް ކޮލިފައިންގެ އޭޝިއާ އަދި އުތުރު އެމެރިކާއާއި ދެކުނު އެމެރިކާގެ ޤައުމުތަކުގެ ކޮލިފައިން މެޗްތަކާއި މިހާރު ކުރިއަށްދާ އެފްރިކާ ނޭޝަނަލް ކަޕްގެ މެޗްތަކެވެ. އެހެންކަމުން ޔޫރަޕްގެ މަޝްހޫރު ކުޅުންތެރިން މިހާރު ވަނީ ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައިސްފައެވެ.

މިވަގުތު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ކުޅުންތެރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ލިވަޕޫލްގެ ކުޅުންތެރިންނެވެ. މީގެތެރޭގައި ލިވަޕޫލްގެ ޑިފެންޑަރު އަދި ނެދަލެންޑްސްގެ ކެޕްޓަން ވެންޑައިކާއި، ލިވަޕޫލްގެ ކެޕްޓަން ހެންޑަސަންއާއި ޑިފެންޑަރު އާނޯލްޑްގެ އިތުރުން ރޮބާޓޯ ފިރުމީނިއޯ މިހާރު ގެންދަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ. މީގެތެރެއިން ހެންޑަސަންއާއި އާނޯލްޑް މިއީ ރާއްޖެއަށް ކުރި ފުރަތަމަ ދަތުރެވެ. ހެންޑަސަންއާއި ވެންޑައިކް ޗުއްޓީ ހޭދަކުރަމުންދަނީ ވަން އެންޑް އޮންލީ ރީތި ރަށުގައެވެ. އާނޯލްޑް ޗުއްޓީ ހޭދަކުރަމުން ގެންދަނީ ސޮނޭވާ ޖާނީގައެވެ. މި ކުޅުންތެރިންގެ އިތުރުން ލިވަޕޫލްގެ ހިއްސާދާރުން ކަމަށްވާ އެމެރިކާގެ ބިލިޔަނަރުންވެސް ރާއްޖޭގައި ގެންދަނީ ޗުއްޓީ ހޭދަކުރަމުންނެވެ.

ލިވަޕޫލްގެ ކުޅުންތެރިންގެ އިތުރުން މެންޗެސްޓަރ ސިޓީގެ މިޑްފީލްޑަރު ޑިބްރޭނާއާއި، ޑިފެންޑަރު ނަތަން އަކޭގެ އިތުރުން މިހާރު ކުރިއަށްދާ އެފްރިކާ ފުޓްބޯޅަ މުބާރާތުގައި ވާދަކުރި އަލްޖީރިއާގެ ކެޕްޓަން މަހުރޭޒްވެސް މިވަގުތު ގެންދަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ. މީގެއިތުރުން ޗެލްސީގެ މިޑްފީލްޑަރު ކޮވަސިޗްއާއި ލެސްޓަރސިޓީގެ ފޯވާޑް ޖެމީ ވާޑީވެސް މިވަގުތު ތިބީ ރާއްޖޭގައެވެ.

ބައިނަލްއަޤްވާމީ މެޗްތަކަށްފަހު ޕްރިމިއާ ލީގުގެ ކުޅުން ފަށާނީ ފެބްރުއަރީ 5  ވަނަ ދުވަހުއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *