Ad

އެފްރިކާ ކަޕް: އައިވަރީ ކޯސްޓު ބަލިކޮށް މިސްރު ކުއާޓާ އަށް

އެފްރިކާ ކަޕް އޮފް ނޭޝަންސްގައި ޕެނަލްޓީ ޖަހައިގެން އައިވަރީ ކޯސްޓް ބަލިކޮށް މިސްރު މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މިމެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފްގެ ކުޅުން ނިމުނުއިރު، އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަގައިގެންނެވެ. ޕެނަލްޓީގައި މިސްރުން ކުރި ހޯދީ 4-5 ލަނޑުންނެވެ. މިސްރުގެ ހުރިހާ ޕެނަލްޓީއެއްވެސް ކާމިޔާބުކުރިއެވެ.

މެޗުގެ 88 ވަނަ މިނިޓްގައި މިސްރުގެ ކީޕަރު އެލްޝަނާވީ އަށް އަނިޔާވެގެން އޭނާގެ ބަދަލުގައި ކުޅެންއެރި ގަބާސްކީ ވަނީ އައިވަރީ ކޯސްޓުން ޖެހި ޕެނަލްޓީއެއް މަތަކޮށްފައެވެ. އައިވަރީ ކޯސްޓުން ޖެހި ޕެނަލްޓީ ތަކުގެ ތެރެއިން ނާކާމިޔާބުވީ މެންޗެސްޓަރ ޔުނައިޑެޑްގެ ޑިފެންޑަރު އެރިކް ބެއިލީ ޖެހި ޕެނަލްޓީއެވެ. މިސްރު މޮޅުވި ޕެނަލްޓީ ޖެހީ އެޓީމުގެ ކެޕްޓަން މުޙައްމަދު ސަލާހެވެ.

އައިވަރީ ކޯސްޓުން ޕެނަލްޓީތައް ކާމިޔާބުކުރީ ސަންގާރޭ، ޒަހާ، މެކްސްވެލް ކޯނޭޓް އަދި ނިކޮލަސް ޕެޕޭ އެވެ. މިސްރުގެ ޕެނަލްޓީތައް ކާމިޔާބުކުރީ ހަމްދީ ފާތީ، މުހައްމަދު އަލްމޮނެއިމް، އަބޫ އަލް ފަތޫހު، ޒިޒޯ އަދި ސަލާހު އެވެ.

ކުއާޓާ ފައިނަލުގައި މިސްރުން ކުޅެން ޖެހޭނީ މޮރޮކޯއާ ދެކޮޅަށެވެ. ކުއާޓާގެ ފުރަތަމަ މެޗުގައި ބުރްކީނާ ފާސޯ ކުޅޭނީ ޓިއުނީޝިއާއާ އެވެ. ދެ ވަނަ މެޗްގައި ސެނެގޯލް ވާދަކުރަނީ އިކުއޭޓްރަލް ގިނީ އާއެވެ. ތިން ވަނަ ކުއާޓާގައި ގެމްބިއާ އާއި ކެމަރޫން ކުޅޭއިރު ކުއާޓާގެ ފަހު މެޗުގައި މިސްރު ބައްދަލުކުރާނީ މޮރޮކޯއާ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *