އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ސެމީފައިނަލުން މިސްރު ޖާގަ ހޯފައިފިއެވެ.
މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވާ މިސްރުން ސެމީގެ ޖާގަ ކަށަވަރު ކުރީ ކުއާޓަރފައިނަލްގައި މޮރޮކޯގެ މައްޗަށް 2-1 ކުރި ހޯދައިގެންނެވެ. މިސްރުން މި މެޗްގައި ދެ ވަނަ ގޯލް ޖެހީ މެޗްގެ ފުރިހަމަ ވަގުތު ހަމަވެގެން ނަތީޖާ ނެރުމަށް ކުޅުނު އިތުރުވަގުތުގެ ފުރަތަމަ ހާފުގައެވެ.
މެޗްގެ ވަރަށް ކުރީކޮޅު ފުރަތަމަ ގޯލް ޖެހީ މޮރޮކޯއިންނެވެ. މިމެޗުގެ ހަ ވަަނަ މިނިޓްގައި މޮރޮކޯއަށް ލީޑު ނަގައިދިނީ ލިބުނު ޕެނަލްޓީއަކުން ސޯފިއާން ބޫފާލްއެވެ. މިސްރުގެ ފުރަތަމަ ލަނޑު 53 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މިދިޔަ 3 އަހަރު އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދާފައިވާ މިސްރުގެ ކެޕްޓަން މުހައްމަދު ސަލާހެވެ.
މެޗްގެ 90 މިނެޓް ހަމަވެގެން ނަތީޖާ ނެރުމަށް ކުޅުނު އިރުތު ވަގުތުގެ ފުރަތަމަ ހާފުގައި މިސްރު މެޗުން މޮޅުކޮށްދިން ގޯލު ޖެހީ އެސްޓަން ވިލާގެ މަހުމޫދު ޓްރެޒެގޭ އެވެ. މެޗުގެ 100 ވަނަ މިނިޓްގައި ސަލާހު މޮރޮކޯގެ ދެ ޑިފެންޑަރުން ކައިރިން ދެމިގަތުމަށް ފަހު ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ހުސްކޮށް އަރައިހުރި ޓްރެޒެގޭ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.
އެފްރިކަން ކަޕްގެ ސެމީގައި ބުރާސްފަތި ދުވަހުގެރޭ މިސްރާ ވާދަކުރާނީ މުބާރާތް ބާއްވާ ކެމަރޫން އެވެ. މިސްރުން ހަތް ފަހަރު އެފްރިކާގެ ޗެމްޕިއަންކަން ހޯދިއިރު، ކެމަރޫނުން ވަނީ ފަސް ފަހަރު ތަށި ހޯދައިފަ އެވެ.