Ad

އެފްރިކާ ކަޕް: ސެމީގެ ފަހު ޖާގަ ސެނެގާލް އަށް

އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ސެމީގެ ފަހު ޖާގަ ސެނަގާލުން ހޯދައިފިއެވެ.

މިދިޔަ އަހަރު ފައިނަލްގައި ކުޅުނު ސެނަގާލުން މި މުބާރާތުގެ ސެމީން ޖާގަ ހޯދީ ކުއާޓަރ ފައިނަލްގައި އެކުއެޓޯރިއަލް ގިނީގެ މައްޗަށް 1-3 ލަނޑުން ކުރި ހޯދައިގެންނެވެ.

މެޗްގެ ފުރަތަމަ ގޯލް 28 ވަނަ މިނެޓްގައި ސާޑިއޯ މާނޭގެ އެހީތެރިކަމާއެކު ސެނަގާލަށް ކާމިޔާބުކޮށްދިނީ ފަމާރާ ޑިއެދިއޯ އެވެ.

މެޗުގެ 57 ވަނަ މިނިޓްގައި އިކުއޭޓްރަލް ގިނީއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޖެނިކް ބީލާ އެވެ. މިއީ މި މުބާރާތުގައި ސެނަގާލް ކޮޅަށް ވަތް ފުރަތަމަ ގޯލެވެ. ސެނަގާލްގެ ކޯލް ކީޕަރަކީ ދާދި ފަހުން ފީފާގެ އެންމެ މޮޅު ގޯލްކީޕަރުގެ މަޤާމް ހޯދި ޗެލްސީގެ މެންޑީއެވެ.

ސެނެގާލުން އަލުން ލީޑުނެގީ ބަދަލު ކުޅުންތެރިއެެއްގެ ގޮތުގައި ކުޅެން އެރި ކްރިސްޓަލް ޕެލަސްގެ ކުޔާޓޭއެވެ. މެޗުގެ 68 ވަނަ މިނިޓްގައި އޭނާ މި ގޯލް ޖެހީ ކުޅެންއެރިތާ 3 މިނެޓް ފަހުންނެވެ.  މެޗު ނިމެން 10 މިނިޓަށް ވެފައި ވަނިކޮށް، ސެނެގާލްގެ 3 ވަނަ ލަނޑު ޖަހައިދިނީ ޕްރިމިއާ ލީގުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ވަޓްފޯޑްގެ އިސްމާއިލާ ސާ އެވެ.

ބުދަ ދުވަހު ކުޅޭ ސެމީގެ ފުރަތަމަ މެޗުގައި ސެނެގާލް ބައްދަލުކުރާނީ ބުރްކީނާ ފާސޯއާ އެވެ. އަދި ބުރާސްފަތި ދުވަހު ކުޅޭ ދެ ވަނަ ސެމީގައި މިސްރު ކުޅޭނީ ކެމަރޫންއާ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *