Ad

ޗައިނީޒް އާއަހަރު ފެށުމުގެ މުނާސަބަތުގައި މިނިސްޓަރ ޝާހިދު ޗައިނާގެ ޚާރިޖީ ވަޒީރަށް ތަހުނިޔާ ފޮނުއްވައިފި

ޗައިނީޒް އާއަހަރު ފެށުމުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި ޚާރިޖީ ވަޒީރު ވެންގ ޔީ އަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ. މިނިސްޓަރ ޝާހިދު ތަހުނިޔާގެ މެސެޖެއް ފޮނުއްވިކަން ފާހަގަކުރައްވާފައިވަނީ ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން ކުރި ޓްވިޓެއްގައެވެ.

މިނިސްޓަރ ޝާހިދު ފޮނުއްވި ތަހުނިޔާގެ މެސެޖްގައި ޗައިނާއިން ރާއްޖެއާއި މެދު ބާއްވާ ގާތްގުޅުމުގެ އަގުވަޒަންކުރައްވާ ކަމަށް ވިދާޅުވެ، އެކަމަށްޓަކާ ޝުކުރު އަދާކުރައްވާ ހެޔޮ އެދުންތައް ފޮނުއްވާފައިވެއެވެ. އަދި ޗައިނާއާއި ރާއްޖޭގެ ގުޅުން ކުރިމަގުގައި މިހާރަށްވުރެ ބޮޑަށް ބަދަހިވުމަށް އުއްމީދު ކުރައްވާކަމުގެ ޝުޢޫރު ފާޅުކުރައްވާފައިވެއެވެ. އަދި ޗައިނީޒް އާއަހަރު ފެށުމުގެ މުނާސަބަތުގައި މިިނިސްޓަރ ޝާހިދު ވަނީ ޗައިނާ ބަހުންވެސް ތަހުނިޔާ ވިދާޅުވެފައެވެ.

ޗައިނާއާއި ރާއްޖެ ސިޔާސީ ގުޅުން ޤާއިމް ކުރިތާ މިއަހަރަށް 50 އަހަރު ފުރޭތީ، މިމުނާސަބަތު ފާހަގަކުރުމަށް މިއަހަރު ތެރޭގައި ޚާއްސަ ޕްރޮގްރާމްތަކެއް ހިންގާނެކަން ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރުންވަނީ ހާމަކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *