Ad

އުރީދޫގެ އެމްޑީ އަދި ސީއީއޯ ގެ މަގާމަށް ޤަތަރުގެ ރައްޔިތަކު އައްޔަނުކޮށްފި

އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ ގެ މަގާމަށް، މިސްޓަރ ޚާލިދް ޙަސަން އެމް އޭ އަލް-ހަމާދީ އައްޔަންކޮށްފިއެވެ. މިސްޓަރ ޚާލިދު އައްޔަނު ކުރީ 1 ފެބްރުއަރީ 2022 އިން ފެށިގެންނެވެ. 

ޚާލިދް އަކީ ޓެލެކޮމިއުނިކޭޝަންސްގެ ދާއިރާގެ ތަޖުރިބާ ލިބިފައިވާ ގަތަރުގެ ރައްޔިތެކެވެ. އޭނާ ވަނީ އުރީދޫ މޯލްޑިވްސް ބޯޑު މެންބަރެއްގެ މަގާމާއި، އުރީދޫ ގަތަރުގެ ކޮންސިއުމަރ ސޭލްސްގެ ސީނިއަރ ޑައިރެކްޓަރ އަދި ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓްގެ އެސިސްޓެންޓް ޑިރެކްޓަރގެ މަގާމް އަދާކޮށްފައެވެ. މީގެ އިތުރުން، ތެލާއި ގޭސް ސިނާޢަތުގައި 15 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯދާފައިވާއިރު، އިޓަލީގެ ޖެނެރަލް އިލެކްޓްރިކް ފްލޮރެންސްގެ ހެޑް އޮފް ޕްލޭނިންގ އެންޑް ސްޓްރެޓެޖީގެ މަގާމުގައި މަސައްކަތްކޮށް، އެ ކުންފުނީގެ ސޭލްސް އެންޑް ސަރވިސް ގެ ރީއޯގަނައިޒޭޝަން އިނިޝިއޭޓިވްގެ ކަންތައްތައް ތަންފީޒުކުރުމުގައި ޚާލިދް ވަރަށް އިސް ދައުރެއް އަދާކޮށްފައިވެއެވެ. ޚާލިދް އަކީ މެނޭޖްމަންޓް، ކްރިއޭޓިވް އިނިޝިއޭޓިވްސް، ދެމެހެއްޓެނިވި ކުރިއެރުން، ޕްރޮސެސް ތަންފީޒުކުރުން، އަދި ތަފާސް ހިސާބުތައް ދިރާސާކުރުމުގެ ތަޖުރިބާ ލިބިފައިވާ ސަރޓިފައިޑް ކޮލިޓީ އޮޑިޓަރއެއް ގެ އިތުރުން ސަރޓިފައިޑް ޓްރެއިނިންގ މެނޭޖަރ އެކެވެ. ޚާލިދު ވަނީ ޔުނިވަރސިޓީ އޮފް އެރިޒޯނާ އިން ބެޗެލަރ އޮފް ސައިންސް އިން ސިސްޓަމް އިންޖިނިއަރިންގ ހާސިލުކޮށްފައެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑައިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރގެ މަގާމަށް ޚާލިދު އައްޔަންކުރުމާ ގުޅިގެން ކުންފުނީގެ ފަރާތުން ވަރަށް ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ. އަދި ޚާލިދުގެ ލީޑަރޝިޕްގެ ދަށުން ކުންފުނި އައު އުސް މިންތަކަށް ވާޞިލުވުމަށް އެހީތެރިވެދޭނެކަމާއި، އިޖާދީ އުފެއްދުންތަކާއި ޑިޖިޓަލައިޒޭޝަން މެދުވެރިކޮށް މުޖުތަމަޢުގެ ދިރިއުޅުން އިތުރަށް ފާގަތިކޮށްދިނުމަށް އެހީތެރިވެދޭނެކަން ޔަގީންކަން އުރީދޫއިން އަރުވައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *