ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް ކޯސްޓުގާޑުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ޤާނޫނާއި ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް ކޯސްޓްގާޑުގެ ބެލުމުގެދަށަށް ގެންގޮސްފިއެވެ.
މި ބޯޓު އަތުލައިގަތީ ކ.ދިއްފުށީގެ އިރުން 123 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަނިކޮށްވެ. މި ބޯޓު އަތުލައިގަތްއިރު މި ބޯޓުގައި 6 މީހުން ތިބިކަމަށާއި މި ބޯޓު މާލެ ގެނެއުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް އެމްއެންޑީއެފުން ބުނެއެވެ.




