Ad

ހިތުގެ ޚާއްސަ ޑޮކްޓަރ ޢަލީ ޝަފީޤު އިތުރަށް ކިޔަވާވިދާޅުވުމަށްފަހު އަލުން ޚިދުމަތަށް

ހިތުގެ ބަލިތަކަށް ޚާއްސަ ރާއްޖޭގެ ޑޮކްޓަރ ޢަލީ ޝަފީޤު އިތުރަށް ކިޔަވާވިދާޅުވުމަށް އިންޑިއާގައި އަހަރެއްހާ ދުވަސް ހޭދަކުރެއްވުމަށްފަހު އަލުން އައިޖީއެމްއެޗްގެ ޚިދުމަތާއި ގުޅިވަޑައިގެންފިއެވެ.

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުން ހާމަކުރައްވާފައިވާ ގޮތުގައި ޑރ ޢަލީ ޝަފީގު އިތުރަށް ކިޔަވާ ވިދާޅުވީ ކާޑިއެކް އިލެކްޓްރޯފިޒިއޮލިޖީ ގެ ދާއިރާއިން އިންޑިއާގެ ޓްރިވެންޑަރަމްގައެވެ. ޑރ އަލީ ޝަފީޤަކީ ދިވެހިރައްޔިތުންގެ ގިނަ ބައެއްގެ އިތުބާރާއި ލޯބި ލިބިވަޑައިގެންފައިވާ ޑޮކްޓަރެކެވެ.

އަލުން ޚިދުމަތާއި ގުޅިވަޑައިގަތުމުން އައިޖީއެމްއެޗުގެ އެންމެ އިސްވެރިންނާއި މުއައްޒިފުން މަރުހަބާ ވިދާޅުވުމުގެ އިތުރުން ދިވެހި އާންމު ރައްޔިތުންވެސް ދަނީ ޑރ ޢަލީ ޝަފީޤަށް މަރުހަބާ ވިދާޅުވަމުންނެވެ. ޚާއްސަކޮށް ސޯޝަލް މީޑިއާގައި ޑރ ޢަލީ ޝަފީޤަށް މަރުޙަބާއާއި ޝުކުރު އަދި ތަޢުރީފްގެ ބަސްތައް އޮހެމުން އެބަދެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *