Ad

އޭސީސީގެ މެމްބަރު ކަމަށް 30 އަށް ވުރެ ގިނަ މީހުން ކުރިމަތިލައިފި

އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރު ކަމަށް 30 އަށް ވުރެ ގިނަ މީހުން ކުރިމަތިލައިފިއެވެ.

އެކަށީގެންވާ ވަރަށް އޭސީސީގެ މެމްބަރުން މަސައްކަތް ނުކުރާ ކަމުގެ އަޑުތަށް ފެތުރި، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އެ ކޮމިޝަންގެ ހުރިހާ މެމްބަރުން ވަކިކުރުމުގެ މަސައްކަތް ފެށުމުން، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހުރިހާ މެންބަރުން ވަނީ އިސްތިއުފާ ދެއްވައިފައެވެ. އެ ކޮމިޝަނަށް މެމްބަރުން ހޯދަން ރައީސް އޮފީހުން ފުރަތަމަ ހުޅުވައިލި ފުރުސަތުގައި އެކަށީގެންވާ ވަރަށް މީހުން ކުރިަމަތިލާފައި ނުވާތީ، އެ މުއްދަތު މިދިޔަ މަހު 31 އާ ހަމައަށް އިތުރުކޮށްފައިވެއެވެ.

ދެވަނަ ފުރުސަތުގައި 30 އަށް ވުރެ ގިނަ މީހުން އޭސީސީގެ މެމްބަރުކަމަށް ކުރިމަތިލައިފައެވެ. އޭގެ ތެރޭގައި ސަރުކާރުގެ އޮޑިޓިން ދާއިރާގައި ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވި އަދި ޓެންޑަ ބޯޑުގައި މިހާތަނަށް އާއްމުން ތަމްސީލް ކުރެއްވި މެމްބަރު އިސްމާއިލް ޒަރިޔަންދު ހިމެނެއެވެ. ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ފެށުމާއެކު، އޭސީސީގެ މެމްބަރުން އައްޔަން ކުރުމުގެ މަސައްކަތް ފަށާނެއެވެ.

އޭސީސީ ގާނޫނީ ހުސްކަމެއްގައި އޮންނާތީ ޓްރާންސްޕޭރަންސީ މޯލްޑިވްސް އާއި އިދިކޮޅު ފަރާތްތަކުން އަންނަނީ ފާޑުކިޔާ އަދި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *