Ad

މި އަހަރުގެ މެއި މަހުން ފެށިގެން ޓީޗަރުންގެ މުސާރަ ބޮޑުކޮށްދެއްވާނަން: ރައީސް ސޯލިހް

މި އަހަރުގެ މެއި މަހުން ފެށިގެން ޓީޗަރުންގެ މުސާރަ ބޮޑުކުރައްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިޢުލާން ކުރައްވައިފިއެވެ. މިކަން އިއުލާން ކުރެއްވީ މިއަހަރަށް މަޖިލިސް ހުޅުއްވާ ދެއްވުމަށް އިއްވެވި ރިޔާސީ ބަޔާނުގައެވެ. މިގޮތުން 19،740 ރުފިޔާއަށް މުސާރަ ބޮޑުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ޓީޗަރުންގެ މުސާރަ ބޮޑު ކުރުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެއްކަން ފާހަގަ ކުރައްވައި އެމަނިކުފާނު ވިދާޅުވީ އަންނަ މެއި މަހުން ފެށިގެން ހުރިހާ ޓީޗަރުންގެ މުސާރަ ބޮޑުކޮށްދެއްވާނެ ކަމަށެވެ.

"މިބަދަލާއެކު، ގުރެޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ، އިތުރު ގަޑި ނުލާ 12,628 ރުފިޔާ އިން 19,740 ރުފިޔާއަށް ބޮޑުވެގެންދާނެ، މިއީ 56 ޕަރސެންޓްގެ ކުރިއެރުމެއް،" ރައީސް ވިދާޅުވިއެވެ.

ޖުމުލަ 941 މިލިއަން ރުފިޔާ ހޭދަކޮށްގެން، 222 ސްކޫލެއްގައި 117 ކްލާސް ރޫމާއި 6 މަލްޓިޕަރޕަސް ހޯލް ޢިމާރާތްކޮށް ނިންމުނު ކަމަށާއި އިތުރު 55 ސްކޫލެއްގައި 473 ކްލާސްރޫމާއި 27 މަލްޓިޕަރޕަސް ހޯލްގެ މަސައްކަތް ހިނގަމުންދާ ކަން ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *