Ad

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުން ދޭ ޢިނާޔަތް މިއަހަރު ބޮޑު ކުރަން ނިންމަވައިފި: ރައީސް ޞާލިހު

މިއަހަރުގެ ފަހު ކުއާރޓަރުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުން ދޭ ޢިނާޔަތް ބޮޑު ކުރުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އިޢުލާން ކުރައްވައިފިއެވެ. އެމަނިކުފާނު މިކަން އިޢުލާން ކުރެއްވީ މިއަދު ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ރައީސް ޞާލިހު ވިދާޅުވީ މިހާތަނަށް އައިއިރު ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ބެހޭ ޖުމްލަ އަދަދާއި ތަފްޞީލް އެނގޭނެ ޤައުމީ ދަފްތަރެއް ނެތްކަމަށެވެ. މިދަފްތަރު އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެދަފްތަރަކީ އެމީހުންނަށް ބޭނުންވާ ފަރުވާ އާއި ރީހެބިލިޓޭޝަން އަދި ތެރަޕީއާއި އެހެނިހެން ޚިދުމަތްތަށް ފޯރުކޮށްދިނުމަށް އޮތް ވަޞީލަތް ކަމުގައިވާނެކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޤާނޫނުގެ 26 ވަނަ މާއްދާގައިވާ ގޮތުން ކޮންމެ މަހަކު ދެމުން އަންނަނީ 2،000 ރުފިޔާގެ އިނާޔަތެކެވެ. ޕެޓިޝަންގައި ހުށަހަޅާފައިވަނީ 5000 ރުފިޔާއަށް ބޮޑުކުރުމަށެވެ.

ޖިސްމާނީ އުނިކަމެއް ތަޙައްމަލު ކުރަން ޖެހުމަކީ އެއްވެސް އިންސާނެއްގައި ހުންނަ އުނިކަމަކުންވާކަމެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ. އެއީ ތަޤްދީރުގެ ނިޔާ ކަމަށާއި، ދުނިޔަވީ އާދަކަމަށް ރައީސް ވިދާޅުވިއެވެ. ނުކުޅެދުންތެރިކަމަކާއި ހުރެ އަނެކާއާއި މެދު ދެކޭގޮތް ބަދަލުވެ ދެރަވަރު ކުރުމަކީ މާބޮޑު ނުކުޅެދުންތެރި ކަމެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *