Ad

އަންނަ މާރޗް މަހުގެ ފުރަތަމަ ހަފްތާއިން ފެށިގެން މިފްކޯއަށް މަސްގަންނަ އަގު ބޮޑުވާނެ: ރައީސް ސޯލިހު

  • ފާއިތުވި 15 އަހަރުގެ ތެރޭގައި މިފްކޯއަށް އެންމެ ގިނަ މަސްކިރުވީ ނިމިގެންދިޔަ އަހަރު.
  • މިއަހަރުގެ ތެރޭގައި 118 ދޯންޏެއްގައި މަސް ފިނިކުރާ ނިޒާމު ހަރުކުރުމަށް 59 މިލިޔަން ރުފިޔާގެ ލޯނު ދިނުމަށް ހަމަޖެހިފައިވޭ.
  • އެސްއެމްއީ ބޭންކުން 144 ރަށެއްގައި ކުދި ވިޔަފާރި ހިންގުމަށް 741 ވިޔަފާރިއަކަށް 739 މިލިއަން ރުފިޔާގެ ލޯނު އެހީ ދޫކޮށްފައިވޭ.

އަންނަ މާރޗް މަހުގެ ފުރަތަމަ ހަފްތާއިން ފެށިގެން މިފްކޯއަށް މަސްގަންނަ އަގު ބޮޑުވާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ އިްބރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީސް 2022 ވަނަ އަހަރަށް ހުޅުއްވާދެއްވުމަށް މިއަދު އިއްވެވި ރިޔާސީ ބަޔާނުގައެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވަނީ ދިވެހި އިޤްތިޞާދުގައި މަސްވެރިކަން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވައި މި ސަރުކާރުން މި ސިނާއަތަށް ގެންނެވި ބައެއް ކުރިއެރުންތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ފާއިތުވި 15 އަހަރުގެ ތެރޭގައި މިފްކޯއަށް އެންމެ ގިނަ މަސްކިރުވީ ނިމިގެންދިޔަ އަހަރުކަން ފާހަގަކުރައްވައި މަސްވެރިން ބާނާ މަހަށް ލަސްނުކޮށް ފައިސާ ލިބޭނެކަމުގެ ޔަޤީންކަން މިހާރު މަސްވެރިންނަށް އޮންނާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިފްކޯއަށް މިހާރު މަސް ގަންނަމުންދާނީ ދުނިޔޭގެ ބާޒާރުގައި ބޮޑު އަގު ލިބޭނަމަ މިފްކޯއަށް މަސްގަންނަ އަގު ބޮޑުވާނެ އުސޫލުން، ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް އަންނަ ބަދަލާ އެއްގޮތަށްކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވަނީ އަންނަ މާރޗް މަހުގެ ފުރަތަމަ ހަފްތާއިން ފެށިގެން މިފްކޯ އަށް މަސްގަންނަ އަގު ބޮޑުވާނެކަން ހާމަކުރައްވާފައެވެ.

މިފްކޯ، އެސްޓީއޯގެ ދަށުން ވަކިކޮށް އަމިއްލައަށް ހިންގާ ކުންފުންޏަކަށް މިއަހަރުގެ މެދުތެރޭގައި ބަދަލުވެގެންދާނެކަން ހާމަކުރައްވައި، މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތަށްވެސް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުވާލެއްވިއެވެ. އަދި މަސްވެރިންގެ ލާބައާ މަންފާއަށް ކުރައްވާ ކަންކަމުގެ ތެރޭގައި މިއަހަރުގެ ތެރޭގައި 118 ދޯންޏެއްގައި މަސް ފިނިކުރާ ނިޒާމު ހަރުކުރުމަށް 59 މިލިޔަން ރުފިޔާގެ ލޯނު ދޫކުރަންފެށުމަށް ހަމަޖެހިފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *