Ad

ރާއީސް ސޯލިޙު މިއަދު އިއްވެވީ އުއްމީދުން ފުރިގެންވާ ރިޔާސީ ބަޔާނެއް: އެމްޓީޑީ

ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިޙު މިއަދު އިއްވެވީ އުއްމީދުން ފުރިގެންވާ ރިޔާސީ ބަޔާނެއް ކަމަަށް މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް ޕާޓީން ބުނެފިއެވެ. އެޕާޓީން މިހެން ބުނެފައިވަނީ ރައީސް ސޯލިހު ރިޔާސީ ބަޔާން އިއްވާ ނިމުމުން އެޕާޓީން ކޮށްފައިވާ ރަސްމީ ޓްވިޓެއްގައެވެ.

އެމްޓީޑީގެ ޓްވިޓްގައި ބުނެފައިވަނީ ރައީސް ސޯލިހު ރައްޔިތުންގެ މަޖިލީހުގައި ދިވެހި ރައްޔިތުންނަށް މިއަދު އިއްވެވި ރިޔާސީ ބަޔާން އެޕާޓީން ބަލައިގަންނަ ކަމަށެވެ. އަދި ދިވެހި ހުރިހާ ރައްޔިތުންނަށް މިއަދު ތިޔަ ދެއްވި އުފާވެރިކަމަށް ރައީސަށް ޝުކުރު އަދާކުރާ ކަމަށްވެސް އެޕާޓީގެ ޓްވިޓްގައި ބުނެފައިވެއެވެ.

އެމްޓީޑީގެ ޓްވިޓް ނިންމާލާފައިވަނީ އަޑުއެހުމާއި ހަޖަމުކުރުުމުގެ ޤާބިލުކަން ހުރި ހަރުދަނާ އިދިކޮޅު ސިޔާސީ ޕާޓީއެއް ދިވެހިރާއްޖޭގައި މިވަގުތު ނެތުމުން، އެކަމާ ހިތާމަކުރާ ކަމަށް ބަޔާން ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *