Ad
photo: Raajje MV
photo: Raajje MV

އިސްކަންދަރު ސްކޫލް ކުރިމައްޗަށް ބަޔަކު އެއްވެ އިންޑިއާ އައުޓަށް ގޮވައިފި

އިސްކަންދަރު ސްކޫލް ކުރިމައްޗަށް ބަޔަކު އެއްވެ އިންޑިއާ އައުޓަށް ގޮވައިފިއެވެ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގެ މާލޭ ވޯޓު ފޮށި ބަހައްޓާފައިވަނީ އިސްކަންދަރު ސްކޫލުގައެވެ.

ޕީޕީއެމް-ޕީއެންސީއަށް ނިސްބަތްވާ ބަޔަކު އެސަރަހައްދުގައި ތިބިއިރު، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ މީހުން ވެސް އެތަނުގައި އެބަތިއްބެވެ. އެމީހުން އަޑު ގަދަކޮށް، އެއްބަޔަކު އަނެއް ބަޔަކަށް ވަގަށް ގޮވާ، ވޯޓު ވިއްކުމަށް މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތުކޮށްފައިވެއެވެ.

އިސްކަންދަރު ސްކޫލު ސަރަހައްދުގެ ސަލަމާތީކަންކަން ބެލެހެއްޓުމަށް ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. އަޑުގަދަވެ، ހަމަނުޖެހުން ހިންގަފާނެކަމަށް ބެލެވޭތީ އެސްއޯ ފުލުހުން އެތަނަށް ގޮސް ސްކޫލް ގޭޓް ސަރަހައްދުން މީހުން ދުރަށް ޖައްސާފައިވެއެވެ. ހަމަނުޖެހުން ހިންގުމަށް އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ރާއްޖެ އެމްވީ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިލެކްޝަން ކޮމިޝަން (އީސީ)ގެ އޮފިޝަލަކު ވިދާޅުވީ, ވޯޓުލުމަށް އަންނަ މީހުންނަށް ފަސޭހައިން ވޯޓުލާ މަރުކަޒަށް ވަދެވޭ ގޮތަށް އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އަދި ގޭޓް ދޮރުމަތީގައި ބަޔަކު އެއްވެ ތިބުމުން އެކަމުގެ ދަތިތައް ކުރިމަތިވާ ކަމަށެވެ. މީގެ އިތުރުން ވޯޓުލުމުގެ ހުރިހާ ކަމެއް ކުރިއަށް ގެންދަނީ ކޮވިޑް-19ން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާއި އުސޫލުތަކާއި އެއްގޮތަށް ކަމަށެވެ. އެގޮތުން ވޯޓުލުމަށް އަންނަ މީހުންގެ ޓެމްޕަރޭޗަރ ބެލުމާއި، 3 ފޫޓުގެ ގައިދުރު ކަމަށް ޚާއްސަ ސަމާލުކަމެއްދޭ ކަމަށް ވިދާޅުވިއެވެ. އަދި ވޯޓުލުމަށް އަންނަ ފަރާތްތަކުން ވެސް އެޗްޕީއޭގެ އުސޫލުތައް ތަންފީޒު ކުރުމަށް އެއްބާރުލުން ދިނުމަށް އިލްތިމާސްކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *