Ad

ސްރީލަންކާއަށް ދެން ދެވޭނީ 771،000 ރުފިޔާގެ ޓްރެވަލް އިންޝުއަރެންސެއް އޮވެގެން

ސްރީލަންކާއަށް ދެން ދެވޭނީ 771،000 ރުފިޔާ (50،000 އެމެރިކާ ޑޮލަަރު) ގެ ޓްރެވަލް އިންޝުއަރެންސެއް އޮވެގެން ކަމަށް ސްރީލަންކާ ސަރުކާރުން ނިންމައިފިއެވެ.

ސްރީލަންކަ ސަރުކާރުން މިގެނައި ބަދަލުތައް ހާމަކުރަމުން ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ 31 ޖެނުއަރީ 2021، ކޮވިޑް-19 އާއި ގުޅިގެން ސްރީލަންކާއަށް ދަތުރުކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް 27 ޖެނުއަރީ 2022 ގައި ވަނީ ބަދަލުތަކެއް ގެނެސްފައިކަމަށެވެ. ގެނައި ބަދަލުތަކުގެ ތެރޭގައި ޓްރެވަލް އިންޝިއުރެންސް ހިމަނާފައިވާއިރު ޓްރެވަލް އިންޝުއަރެންސްގައި ކޮވިޑްއަށް ޕޮޒިޓިވްވެ ހޮސްޕިޓަލުގައި ފަރުވާ ކުރަން ޖެހިއްޖެ ކަމުގައިވާނަމަ އެކަންވެސް ކަވަރ ކުރަންވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި މިއިންޝުއަރެންސުން ސްރީލަންކާގައި މަޑުކުރާ މުއްދަތުގެ އިތުރުން 14 ދުވަސް އިތުރަށް ހިމަނަން ވާނެކަމަށެވެ. މިގޮތުން ޓްރެވެލް އިންޝުރެންސް ކުރެވޭނެ ވެބް ޕޯޓަލްވެސް ހާމަކޮށްފައިވއެވެ. އިންޝްއަރެންސްގެ ޚިދުމަތް ލިބޭނީ https://portal.pionline.lk/covidinsurance/ ޕޯޓަލުންނެވެ.

ސްރީލަންކާއަށް ދަތުރުކުރާ ހުރިހާ ފަރާތްތަކުންވެސް، ދަތުރު ފެށުމުގައި 72 ގަޑިއިރު ހަމަނުވާ ކޮވިޑް-19 ނެގެޓިވް ޕީސީއާރު ނަތީޖާއެއް ގެންދަން ޖެހޭނެއެވެ. އަދި ކޮވިޑް-19 ވެކްސިން ޖަހާފައިވާ ފަރާތްތަކުން ވެކްސިނޭޝަން ކާޑުގެ އަޞްލު ގެންދަން ޖެހޭނެއެވެ.

ސްރީލަންކާ އަށް ދަތުރުކުރާ ހުރިހާ ފަރާތްތަކުންވެސް ފުރުމުގެ ކުރިން މިނިސްޓްރީ އޮފް ހެލްތް – ސްރީލަންކާގެ "ހެލްތް ޑިކްލަރޭޝަން ފޯމް" ފުރިހަމަކުރުމަށްފަހު ކިޔު.އާރު ކޯޑު ހޯދަންވާނެއެވެ. އަދި ކިޔު.އާރް ކޯޑު އެއާރޕޯޓުން ބޭނުންވެއްޖެ ހާލަތެއްގައި ދައްކަވަންވާނެއެވެ. ހެލްތު ޑިކްލަރޭޝަން ފޯމު ފުރައި ކިޔު.އާރު ކޯޑުhttps://airport.lk/health/index މި ވެބްސައިޓުން ހޯދޭނެއެވެ.

ސައްޙަ ވިސާއެއް ނެތި އަދި ޓޫރިސްޓް ރޫޓުން ނޫންގޮތަކަށް ސްރީލަންކާއަށް ދަތުރު ކުރެވޭނީ އެޤައުމުގެ އިމިގްރޭޝަނުން ދަތުރުކުރުމުގެ ހުއްދައެއް (ލޭންޑިން ޕާރމިޓެއް) ނަގައިގެންނެވެ. ސްރީލަންކާއަށް ދަތުރުކުރުމުގައި ޓޫރިސްޓް ރޫޓު އިޚްތިޔާރުކުރާނަމަ،https://www.srilanka.travel/helloagain ވެބްސައިޓުގައި ދީފައިވާ އިރުޝާދުތަކާއި އެއްގޮތަށް އީޓީއޭ (އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން) ހޯދައިގެން ދަތުރު ކުރެވޭނެއެވެ. ސްރީލަންކާއަށް ދަތުރުކުރަނީ ދިގު މުއްދަތަކަށް ރެސިޑެންސް ވިސާ ނަގައިގެން ތިބުމަށްކަމަށްވާ ނަމަ "އެންޓްރީ ވިސާ" އެއް ނަގައިގެން ދަތުރުކުރެވޭނެއެވެ.

ދަތުރުކުރުމުގެ ކުރިން މަޢުލޫމާތު ސާފުކުރުމަށް ބޭނުން ނަމަ ފޮރިން މިނިސްޓްރީގެ ހޮޓްލައިން 7983400 ނުވަތަ ސްރީލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުގެ ހޮޓްލައިން +94768816666 ށް ގުޅުމަށް ފޮރިން މިނިސްޓްރީން އެދިލައްވައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *