Ad

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުން ޕީޕީއެމް ބަލިވީ ރައީސް ޔާމީނުގެ ލީޑަރޝިޕް ފެއިލްވުމުން: އެމްޓީޑީ

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުން ޕީޕީއެމް ބަލިވީ ރައީސް ޔާމީނުގެ ލީޑަރޝިޕް ފެއިލްވުމުން ކަމަށް މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް ޕާޓީން ބުނެފިއެވެ. އެމްޓީޑީ އިން މިހެން ބުނެފައިވަނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ޕީޕީއެމްއަށް ގެއްލުމާއި ގުޅިގެން ކޮށްފައިވާ ޓްވިޓެއްގައެވެ.

އެމްޓީޑީ އިން ބުނެފައިވާގޮތުގައި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުން ޕީޕީއެމް ބަލިވުމުން ރަމްޒުކޮށްދެނީ ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ކަމަށް ބުނެފައިވެއެވެ. މިގޮތުން 2015 ގެ ފަހުން ބޭއްވި ހުރިހާ އިންތިޚާބަކުން ޕީޕީއެމް ބަލިވެފައިވާކަން އެމްޓީޑީގެ ޓްވިޓްގައި ފާހަގަކޮށްފައިވެއެވެ.

ޕީޕީއެމްއަކީ މިހާރު ފިތުނަ ފަސާދަ އުފައްދަމުން އަންނަ ހަރުކަށި ކުޑަ ޖަމާޢަތެއް ގޮތަށް ސިފަކުރަމުން، ޕީޕީއެމް ރިފޯމް ކުރުމަށް އެމްޓީޑީއިން ގޮވާލާފައިވެއެވެ.

ރައީސް ސޯލިހު ރިޔާސީ ބަޔާން އިއްވެވި ދުވަހު އެމްޓީޑީ އިން ކޮށްފައިވާ ޓްވިޓެއްގައި ބުނެފައިވަނީ، އަޑުއެހުމާއި ހަޖަމުކުރުުމުގެ ޤާބިލުކަން ހުރި ހަރުދަނާ އިދިކޮޅު ސިޔާސީ ޕާޓީއެއް ދިވެހިރާއްޖޭގައި މިވަގުތު ނެތުމުން، އެކަމާ ހިތާމަކުރާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *