Ad

މާލެއިން ޕޮޒިޓިވްވި އަދަދު ދަށަށް، މިއަދު މާލެއިން ޕޮޒިޓިވްވީ 400 މީހުން

ކޯވިޑް-19އަށް ރާއްޖެއިން މިއަދު 1589 މީހުން ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ އިއްޔެ އިރުއޮއްސި 6:00 އިން ފެށިގެން މިއަދުގެ އިރުއޮއްސި 6:00 އާއި ހަމައަށް ރާއްޖެއިން ޕޮޒިޓިވްވި 1589 މީހުންގެ ތެރޭގައި ހިމެނެނީ މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 400 މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 843 މީހުންނާއި ރިސޯޓްތަކުން 80 މީހުންނެވެ. މިއީ 5617 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވް ވި އަދަދެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 148580 އަށް އަރާފައެވެ. މީގެތެރެއިން 130649 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދަނީ 17637 މީހުންނެވެ. މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދަނީ 52 މީހުންނަށެވެ.

ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރާއްޖެއިން 281 މީހަކު ވަނީ މިހާތަނަށް ނިޔާވެފައެވެ.

ފާއިތުވި ދެ ހަފްތާއެއްހާ ދުވަހު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މައްޗަށް ދިއުމަށްފަހު ޕޮޒިޓިވްވާ އަދަދު މިހާރު ވަނީ ދަށަށްދާން ފަށާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *