Ad

އައިޖީއެމްއެޗްގެ ރެކޯޑުތައް ލީކުވެއްޖެ

އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ވެބްސައިޓުގައި ހުރި މައްސަލައަކުން އެ ހޮސްޕިޓަލަށް ދައްކާ އެންމެހާ ބަލި މީހުންގެ ރެކޯޑުތައް ލީކުވެއްޖެ ކަމުގެ ޚަބަރުތައް ފެތުރެން ފަށައިފިއެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރެކޯޑްތައް ލީކުވެފައިވަނީ ހޮސްޕިޓަލުގެ ވެބްސައިޓް މެދުވެރިކޮށެވެ. ވެބްސައިޓުގައި ހުރި މައްސަލައެއްގެ ސަބަބުން، ފާއިތުވި 2 އަހަރު ހިދުމަތް ހޯދައިފައިވާ އެންމެންގެ ޒާތީ ހުރިހާ މައުލޫމާތެއް ލީކްވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވއެވެ. 

ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރައީސުލްޖުމުހޫރިއްޔާއާއި އެމަނިކުފާނުގެ އަނބިކަނބަލުންގެ ރެކޯޑްތައްވެސް ވަނީ ލީކުވެފައެވެ.

މިކަމާއި ގުޅިގެން އައިޖީއެމްއެޗުން ރަސްމީ އެއްވެސް ބަޔާނެއް މިހާތަނަށް ނެރެފައެއް ނުވެއެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *