Ad
Photo: HDC
Photo: HDC

ހުޅުމާލެ މަސްވެރިންގެ މައިޒާން ނާއިބްރައީސް ހުޅުއްވައިދެއްވައިފި

ހުޅުމާލެ މަސްވެރިންގެ މައިޒާން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، ހުޅުއްވައިދެއްވައިފިއެވެ.

ހުޅުމާލެ މަސްވެރިންގެ މައިޒާން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ, މަސްވެރިންނަށް ފަސޭހަ ރަނގަޅުގޮތްތައް ހޯދައިދިނުމަކީ އަބަދުވެސް ސަރުކާރުގެ އަމާޒުކަމަށެވެ. ކޯވިޑްގެ ބަލިމަޑުގެ ތެރޭގައި އެހެންހުރިހާ ދާއިރާއެއް ގާތްގަޑަކަށް ހުއްޓުމަކަށް އައިއިރުވެސް ހުއްޓުމެއްނެތި ހިނގަހިނގާ އޮތް ސިނާއަތަކީ މަސްވެރިކަމުގެ ސިނާއަތުކަން ފާހަގަކުރައްވައި, މަސްވެރިން ކުރާ ބުރަ މަސައްކަތް ނާއިބްރައީސް ފާހަގަކުރެއްވިއެވެ.

މި މައިޒާން ބިނާކުރުމުގެ ބޭނުމަކީ ހުޅުމާލެ ކަންނެލި ޖެޓީ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް، ޚާއްސަކޮށް މަސްވެރި އުޅަނދުފަހަރުގެ ފަޅުވެރިންނަށް ބޭނުންވާ ޒަރޫރީ ކަންކަން މިތަނުން ހަމަޖައްސައިދިނުން ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ހާމަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *