Ad

އައި.ޖީ.އެމް.އެޗްގެ ރެކޯޑްތައް ލީކްވެއްޖެ ކަމުގެ ޚަބަރުތައް ފެތުރެމުން ދަނިކޮށް ޕޭޝަންޓް ޕޯޓަލްގެ ޚިދުމަތް މެދުކަނޑާލައިފި

އައިޖީއެމްއެޗްގެ ރެކޯޑްތައް ލީކްވެއްޖެ ކަމުގެ ޚަބަރު މީޑިއާގައި ފެތުރެމުން ދަނިކޮށް ޕޭޝަންޓް ޕޯޓަލްގެ ޚިދުމަތް މެދުކަނޑާލުމަށްފަހު އެކަން އިއުލާންކޮށްފިއެވެ.

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުން ނެރުނު 4 ފޮޅުވަތުގެ އެނައުންސްމަންޓެއްގައި ބުނެފައިވަނީ މި ހޮސްޕިޓަލުގެ ޕޭޝަންޓް ޕޯޓަލްއަށް ދިމާވި ސެކިއުރިޓީ މައްސަލައަކާ ގުޅިގެން މި މައްސަލަ ހައްލު ކުރުމަށްޓަކައި ހޮސްޕިޓަލުގެ ޕޭޝަންޓް ޕޯޓަލްގެ ޚިދުމަތް ވަނީ މެދުކަނޑާލެވިފައެވެ.

ޕޯޓަލްއަށް ދިމާވި މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި މައްސަލަ ޙައްލުކުރެވުނުހާ އަވަހަކަށް ޚިދުމަތް ދެއްވާނެކަމަށް އެނައުންސްމަންޓްގައި ބުނެފައިވެއެވެ. މިކަމުގެ ސަބަބުން ހޮސްޕިޓަލްގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް ނިހާޔަތައް މަޢާފަށް އެދިފައިވެއެވެ.

އައިޖީއެމްއެޗްގެ ރެކޯޑްތައް ލީކްވެއްޖެ ކަމަށް މީޑިއާގައި މިއަދު ފެތުރިފައިވާ ޚަބަރުތަކާއި ގުޅިގެން އައިޖީއެމްއެޗުން އެއްވެސް އެއްޗެއް ވިދާޅުފައެއް ނެތެވެ. އެތައް ހާސް ރައްޔިތެއްގެ ޒާތީ މަޢުލޫމާތު ލީކްވިކަމެއް ނުވަތަ ނުވާކަމެއް ހޮސްޕިޓަލުން ކަށަވަރު ކޮށްދީފައެއް ނެތެވެ. ނަމަވެސް ރައްޔިތުންގެ ޒާތީ މަޢުލޫމާތު ލީކްވިކަމަށް އައިޓީ ދާއިރާގެ ބައެއް އެކްސްޕާޓުން ކަށަވަރުކޮށްދޭ ކަމަށް ބައެއް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *