Ad

ރާއްޖޭން އެއްލައްކަ ފަންސާސްހާހަށްވުރެ ގިނަ ކޮވިޑް ޕޮޒިޓިވް ކޭސް ފެނިއްޖެ

މިއަދު ދިވެހިރާއްޖޭން ކޮވިޑަށް ޕޮޒިޓިވްވި ސަތާރަސަތޭކަ ފަންސާސް ހަތްމީހުންނާއިއެކު، ރާއްޖޭން މިހާތަނަށް ޖުމުލަ އެއްލައްކަ ފަންސާސްހާސް ތިންސަތޭކަ ތިރީސްހަތެއް ޕޮޒިޓިވް ކޭސް ރެކޯޑްކުރެއްވިިއްޖެއެވެ. މިއީ ދިވެހިރާއްޖެ ފަދަ ކުޑަ އާބާދީއަކަށް ބަލާއިރު ވަރަށް ބޮޑު އަދަދެކެވެ.

ރާއްޖޭން މިހާތަނަށް ޕޮޒިޓިވްވި އެންމެންނަކީ ދިވެހި ރައްޔިތުންނެއް ނޫނެވެ. ރެކޯޑްކުރެވިފައިވާ ޕޮޒިޓިވް ކޭސްތަކުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންނާއި ރާއްޖޭގައި ވަޒީފާ އަދާކުރަމުން އަންނަ ބިދޭސީންވެސް ހިމެނެއެވެ.

އެޗްޕީއޭއިން މިރޭ ހާމަކުރި ރެކޯޑްތަކަށްބަލާއިރު މިހާތަނަށް ރާއްޖޭން ކޮވިޑަށް ޕޮޒިޓިވްވި ކޭސްތަކުގެ ތެރެއިން އެއްލައްކަ ބައްތިރީސް ހާސް އަށްސަތޭކަ ހަތްދިހަ ދެކޭސް ވަނީ ރިކަވަރ ވެފައެވެ. އެކްޓިވް ކޭސްތަކުގެ ގޮތުގައި ދައްކަނީ ސަތާރަހާސް އެއްސަތޭކަ ފަސްދޮޅަސަ ނުވަ ކޭހެވެ. ފަންސާސް ދެމީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާދެމުންނެވެ. ކޮވިޑްގައި މިހާތަނަށް ޖުމުލަ ދުއިސައްތަ އަށްޑިހަ ތިންމީހުން ވަނީ ނިޔާވެފައެވެ.

ކޮވިޑްގެ އިތުރު ރާޅެއް ރާއްޖޭގައި ފެތުރެމުން ދިޔަ ނަމަވެސް، މިހާރު ރެކޯޑްތަކުން ދައްކަނީ، ކޭސްތައް މަދުވަމުން އަންނަ ކަމަށެވެ. އަދި އެކްޓިވް ކޭސްތައް މިވަގުތު ގިނަ ނަމަވެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދަނީ ނިސްބަތުން މަދު ބަޔަކަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *