Ad

ސިންގަޕޫރުގެ ޚާރިޖީ ވަޒީރު، އދގެ 76 ވަނަ ޖެނެރަލް އެސެމްބްލީގެ ރައީސާއި ބައްދަލުކުރައްވައިފި

ސިންގަޕޫރުގެ ޚާރިޖީ ވަޒީރު މިސްޓަރ ވިވިއަން ބާލަކްރިޝްނަން، ރާއްޖޭގެ ޚާރިޖީ ވަޒީރު އަދި އދގެ 76 ވަނަ ޖެނެރަލް އެސެމްބްލީގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު އާއި ބައްދަލުކުރައްވާފިއެވެ.

މިބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ސިންގަޕޫރުގެ ޚާރިޖީ ވުޒާރާގައެވެ.

ސިންގަޕޫރުގެ ޚާރިޖީ ވަޒީރު ކުރެއްވި ޓްވިޓެއްގައި ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ ދުވަސްވީ ރަހުމަތްތެރިޔާ، އދ 76 ވަނަ ޖެނެރަލް އެސެމްބްލީގެ ރައީސްގެ ހައިސިއްޔަތުން ސިންގަޕޫރަށް ޒިޔާރަތްކުރައްވާ، އަދި އެމަނިކުފާނާއި ބައްދަލުކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތީމަ އުފާކުރައްވާ ކަމަށެވެ. މިއީ އދ ގެ ޖެނެރަލް އެސެމްބްލީގެ ރައީސަކު މަޤާމުގައި ހުންނަވައިގެން ސިންގަޕޫރަށް ކުރެއްވި ފުރަތަމަ ދަތުފުޅު ކަމަށްވާތީ ސިންގަޕޫރުގެ ޚާރިޖީ ވަޒީރު ޚާއްސަ ކަމެއްގޮތުގައި އެކަން ފާހަގަކުރައްވާފައިވެއެވެ. އަދި ވަކިން ޚާއްސަކޮށް ޢަބްދުﷲ ޝާހިދު ތަމްސީލު ކުރައްވަނީ ސިންގަޕޫރުފަދަ ކުޑަ ޤައުމެއް ކަމަށްވާ، ދިވެހިރާއްޖެ ކަމަށްވާތީ އެކަންވެސް ސިންގަޕޫރުގެ ޚާރިޖީ ވަޒީރު ފާހަގަ ކުރައްވާފައިވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *