Ad

ކުރިއަށް އޮތް ރަމަޟާން މަހަށް މާލޭގެ މިސްކިތްތައް މަރާމާތުކުރަން ފަށައިފި

  • ޖުމުލަ 32 މިސްކިތެއް މަރާމާތުކުރާނެ. 
  • 32 މިސްކިތުގެ މަރާމާތަށް 13.8 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ.
  • މިސްކިތްތައް މަރާމާތުކުރަން ސަރުކާރުން ދެއްވާފައިވަނީ 1 މިލިއަން ރުފިޔާގެ ބަޖެޓެއް.
  • މިސްކިތްތައް މަރާމާތުކުރަން ފަންޑު ހޯދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ވަނީ ފަށާފަ.

ކުރިއަށް އޮތް ރަމަޟާން މަހަށް މާލޭގެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.

މާލެ، ވިލިމާލެ، ހުޅުމާލެ ހިމެނޭހެން 32 މިސްކިތެއް މަރާމާތުކުރުމުގެ މަސަތްފެށިގެން ހިނގަމުންދާ ކަމަށް ސިޓީ ކައުންސިލުން ހާމަކުރަވައެވެ.

މާލޭ ސިޓީ ކައުންސިލުން މަސައްކަތްކުރަނީ މަރާމާތުގެ މަސައްކަތްތައް ރަމަޟާން މަހަށް ނިންމާލުމަށެވެ.

މިސްކިތުގެ މަރާމާތަށް 13.8 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށާއި ނަމަވެސް، މި މަސައްކަތަށް ސަރުކާރުން ދީފައިވަނީ އެއް މިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށް ސިޓީ ކައުންސިލުން ހާމަކުރައްވާފައިވެއެވެ.

މިސްކިތްތައް މަރާމާތުކުރަން ފަންޑު ހޯދުމުގެ މަސައްކަތްވެސް ސިޓީ ކައުންސިލުން ވަނީ ފަށާފައެވެ. އަދި ހިލޭ ސާބަހަށް މިސްކިތް ފޮޅާ ސާފުކުރާނެ ބަޔަކު ހޯދުމަށް ކައުންސިލުން އިއުލާން ވެސް ކޮށްފައިވެއެވެ.

މިސްކިތްތަކުގައި ކުރަން ޖެހޭ މަސައްކަތްތަކަކީ ކާޕެޓު މަދުވެގެން އެއް ފަހަރު ވެކިއުމްކޮށް ސާފުކުރުމާއި މިސްކިތުގައި މުށި އަދި މާބުލް ޖަހާފައިވާ ސަރުހައްދުތަކާއި މިސްކިތުގެ ހުރިހާ ސިޑިތަކާއި ނޮވިލޯން އަޅާފާއިވާ ތަންތަނަށް މަދުވެގެން ދެ ފަހަރު ކުނިކަހައި މޮޕްލައި ސާފުކުރުމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *