Ad

"ފެލިދޫ އަޒީބެ" ލިޔުއްވި "ހަނދާނާއި ތާރީޚުގެތެރެއިން ފެލިދު އަތޮޅު" ފޮތް ޖެންޑަރ މިނިސްޓަރ ނެރެދެއްވައިފި.

"ފެލިދޫ އަޒީބެ" ލިޔުއްވާފައިވާ ފޮތް "ހަނދާނާއި ތާރީޚުގެތެރެއިން ފެލިދު އަތޮޅު" މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާރވިސަސް އާއިޝަތު މުޙައްމަދު ދީދީ ނެރެދެއްވައިފިއެވެ.

ފެލިދެ އަތޮޅު، އަތޮޅު ކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ފޮތް ނެރެދެއްވުމަށްފަހު، މިނިސްޓަރ އައިޝަތު މުޙައްމަދު ދީދީ ވިދާޅުވީ، ފުރަތަމަވެސް މިފޮތް ހުޅުވާލުމާއި އެކު ފޮތް ކިޔުމަށް ޝައުޤު އުފެދުނު ކަމަށެވެ. އަދި މިފޮތް ލިއުއްވި ފެލިދޫ ޢަބްދުލްޢަޒީޒު އިބްރާހީމް ނުވަތަ މަޝްހޫރު ނަމުން ނަމަ "ފެލިދޫ އަޒީބެ" އަކީ ވަރަށް ވަރުގަދަ ޝަޚުސިއްޔަތެއް ކަމަށް މިނިސްޓަރ އައިޝާ ވިދާޅުވިއެވެ.

މިފޮތަކީ ވަރަށް މުހިންމު ފޮތަކަށްވާއިރު، ސްކޫލު ނިމޭ ކޮންމެ ކުއަޖަކަށްވެސް ތާރީޚާއި ބެހޭ މަޢުލޫމާތު މިފޮތުގެ ޒަރީއްޔާއިން ލިބޭނެ މަގު ފަހިކޮށްދެއްވުމަކީ މުހިންމު ކަމެއް ކަމަށާއި، ފޮތެއް ދިރޭނީ އެފޮތް ބޭނުންކޮށްގެން ކަމަށް މިނިސްޓަރ އައިޝާ ވިދާޅުވިއެވެ.

މިފޮތަކީ ފެލިދެ އަތޮޅަށް، މިމުޖުތަަމަޢުއަށް ބޮޑުވާކުދިންނަށް އަތޮޅުގެ މަޢުލޫމާތު އެނގި، އަތޮޅުގެ ކާބަފައިން އުޅުނުގޮތް ދަސްވެ، ކުދިންގެ ގައިގައި މިފަދަ އަސާސްތައް އަށަގެންނެވުމަށްޓަކާ، ވަރަށް ބޭނުންތެރި އަގުބޮޑު ފޮތެއް ކަމަަށްވެސް މިނިސްޓަރ އައިޝާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

"ހަނދާނާއި ތާރީޚުގެ ތެރެއިން ފެލިދުއަތޮޅު" މިފޮތަކީ ފެލިދެ އަތޮޅުގެ ތާރީޚާއި ވަރަށް ގިނަ މަޢުލޫމާތު އެކި ދުވަސްވަރު މަތިން އެއްކުރުމަށްފަހު، އަޒީބެ ލިއުއްވާފައިވާ ފޮތެކެވެ.

ފޮތުގައިވާ މުހިންމު ބައިތަކަށް ބަލާއިރު ފެލިދެ އަތޮޅަށް އެކި ގޮތްގޮތުން ޚިދުމަތްކުރައްވާފައިވާ ބޭބޭފުޅުންގެ މަޢުލޫމާތާއި، ވ އަތޮޅުގެ ގުދުރަތީ ސިފަތަކާއި ތަފުސީލީ މަޢުލޫމާތާއި އަދި ވ އަތޮޅުގެ އެދުވަސްވަރުގެ އިޤުތިސާދާއި، މަސްވެރިކަމުގެ ގޮތުން އެދުވަސްވަރު ކޮށްފައިވާ ބައެއް މުހިންމު ކަންކަމާއި ބެހޭ މަޢުލޫމާތުގެ އިތުރުން، ތާރީޚީ ގޮތުން ފެލިދެ އަޮޅުގެ ކަންކަން ދައްކުވާދޭ ފޮޓޯތަކާއި އަދި އެނޫންވެސް މުހިންމު ވަރަށް ގިނަ ތާރީޚީ ވާހަކަތައް ހިމަނުއްވާފައިވެއެވެ. ޖެންޑަރ މިނިސްޓްރީން ހާމަކުރެއްވިގޮތުގައި މިފޮތަކީ ގާތްގަނދަކަށް 15 ވަރަކަަށް އަހަރު ދުވަހުން އެއްކުރެވިފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ލިއުއްވާފައިވާ ފޮތެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *