Ad

ޔޫރޮޕާ ލީގު: ބާސެލޯނާ އާއި ނަޕޯލީ އެއްވަރު

ޔުއެފާ ޔޫރޮޕާ ލީގުގެ ދެ ވަނަ ބުރުގައި ބާސެލޯނާ އާއި ނަޕޯލީ 1-1 އިން އެއްވަރުވެއްޖެ އެވެ.

މިއަރު ޗެމްޕިއަންސް ލީގުން ކެޓި ބާސެލޯނާ ޔޫރޮޕާ ލީގުގައި ވާދަމިކުރަނީ 21 އަހަރު ފަހުންނެވެ. ޔޫރަޕްގެ 2 ވަނަ ފަންތީގެ މުބާރާތެއްގައި ބާސެލޯނާ އެންމެ ފަހުން ވާހަކުރީ 2004 ވަނަ އަހަރުއެވެ.

މެޗްގެ ފުރަތަމަ ލަނޑު 29 ވަނަ މިނެޓްގައި ޖެހީ ނަޕޯލީންނެވެ. ނަޕޯލީގެ ޕިއޮޓްރޭ ޒިއެލިންސްކީ ޖެހި ފުރަތަމަ ބޯޅަ ބާސެލޯނާ ކީޕަރު ސްޓެގެން ފައިގައި ޖެހިފައި އައި ވަގުތު ޒިއެލިންސްކީ ވަނީ ރިބައުންސް ބޯޅަ ގޯލުގެ މަތީ ކަނަށް ފޮނުވާލައިފަ އެެވެ.

ބާސެލޯނާއަށް އެއްވަރުކޮށްދިނީ ދެވަނަ ހާފުގެ 15 ވަނަ މިނެޓްގައި ދާދިފަހުން ސިޓީން ބާސާއަށް ގެންދިޔަ ފެރަން ޓޯރޭސްއެވެ. މިއީ ޕެނަލްޓީއަކުން އޭނާ ޖެހި ގޯލެކެވެ.

ބާސެލޯނާގެ ދަނޑުގައި ކުޅުނު މި މެޗް އެއްވަރުވުމުން މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމަށް ނަޕޯލީއަށް ވަނީ ފުރުޞަތު ބޮޑުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *